ފަޅުރަށްރަށް ވަރުވާއަށް ދެވޭ މުއްދަތު 10 އަހަރަށް އަނެއްކާވެސް އިތުރުކޮށް ރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގަވާއިދަށް މިއަދު އިސްލާހު ގެނެސްފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ވަނީ "ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގަވާއިދު" އަށް އިސްލާހު ގެނެސް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. މިއަދުން ފެށިގެން އެ ގަވާއިދަށް އަމަލުކުރަން ވަނީ ފަށައިފައެވެ.
އެ ގަވާއިދަށް އިތުރު ކުރި ކަންކަމުގެ ތެރޭގައި ފަޅުރަށެއް ވަރުވާއަށް ހިފާ ފަރާތުން އެ ރަށަށް ގެއްލުން ލިބުނަ ނުދީ، ރަށް ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖައްސަން ޖެހެއެވެ. ރަށް ބަލަހައްޓާނެ މީހުން ރަށުގައި ބޭތިއްބުމަށް އެކަށީގެންވާ ތަނެއްގައި ރަށުގައި ހުންނަން ޖެހެއެވެ.
އެތަނަށް ހަދާނެ ގޮތުގެ ޑިޒައިން ފިޝަރީޒް މިނިސްޓްރީއަށް ހުށަހަޅައި އެ މަސައްކަތް ކުރުމަށް ހުއްދަ ހޯދަން ޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.
ވަރުވާއަށް ހިފާފައިވާ ރަށް ވަކިކުރަން ޖެހިއްޖެ ހާލަތެއްގައި ރަށުގެ ފަސްގަނޑުގައި އިންދާ އެއްވެސް ރުއްގަހެއް ކެނޑުމުގެ ނުވަތަ ނެގުމުގެ އިހުތިޔާރެއް ރަށް ވަރުވާއަށް ހިފާ ފަރާތަށް ލިބިގެން ނުވާކަމަށް ވެސް ގަވާއިދުގައި ބުނެފައިވެއެވެ.
ދެހާސް ވިހިވަނަ އަހަރު ފިޝަރީޒް މިނިސްޓްރީން ޝާއިއުކުރި "ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގަވާއިދު" ވަނީ 10 އަހަރަށް ފަޅުރަށްތައް ވަރުވާއަށް ދެވޭ މުއްދަތު ފަސް އަހަރަށް ކުރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު