ދިގު މެދުކެނޑުމަކަށްފަހު ބޮލީވުޑް ސުޕަސްޓާ ޝާހްރުކް ހާން ފެނިގެންދާނެ ފިލްމު ''ޕަތާން'' ރިލީސްކުރަން ހަމަޖެހިފައިވާ ތާރީީހު އިއުލާނުކޮށްފިއެވެ.
ދީޕިކާ ޕަދުކޯން އަދި ޖޯން އަބްރަހަމްއާއެކު ޝާހްރުކް ހާން ފެނިގެންދާ ''ޕަޓާން'' އަކީ 2018 ވަނަ އަހަރު ނުކުތް ''ޒީރޯ'' އަށްފަހު އޭނާ ކުޅެފައިވާ ފުރަތަމަ ފިލްމެވެ. މިފިލްމު ރިލީސްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 25ގައެވެ.
ފިލްމު އަޅުވަން ހަމަޖެހިފައިވާ ތާރީހު އިއުލާނުކޮށް އިއްޔެ އާއްމުކުރި ވީޑިއޯގައި ޖޯން އަބްރަހަމް އަދި ދީޕިކާ ޕަދުކޯން ''ޕަތާން'' ގެ ތައާރަފެއް ދީފައިވާއިރު އެނަން އައިސްފައިވާ ގޮތެއް ނޭނގޭކަމަށް ކިޔައިދެއެވެ. އެ ވީޑިއޯ ނިމިގެންދާއިރު ޝާހްރުކް ހާންގެ އަޑުން އޭނާއަކީ ''ޕަތާން''ގެ ގޮތުގައި ތައާރަފުވެ އޭނާއާ ބައްދަލުކޮށްލަން އަދި ކުޑަދުވަސްކޮޅަކަށް އިންތިޒާރުކޮށްލުމަށް ބުނާ އަޑު އިވިގެންދެއެވެ.
ސިދާތު އާނަންދު ޑައިރެކްޓުކޮށް ޔާޝްރާޖް ޕްރޮޑަކްޝަންސްއިން އުފައްދާފައިވާ ފިލްމު ''ޕަތާން'' އިއުލާން ކުރި ހިސާބުން ގިނަ ބަޔަކު ތިބީ މިފިލްމު އަޅުވާނެ ދުވަހެއްގެ އިންތިޒާރުގައެވެ.
މި ފިލްމުގެ މަންޒަރުތައް މުމްބާއީގެ އިތުރުން ދުބާއީ އަދި ސްޕޭން ހިމެނޭހެން އެކި ހިސާބުތަކުގައިވަނީ ނަގައިފައެވެ. ޝާހްރުކް ހާންގެ ކުރިއަށް އޮތް ފިލްމު ރިލީސްކުރާ ތާރީހު ކަނޑައެޅުން ވެގެން ގޮސްފައިވަނީ އޭނާގެ ފިލްމަކަށް އިންތިޒާރުކޮށްގެން ތިބި ފޭނުންނަށް އުފާވެރި ހަބަރަކަށެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން