ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ ކޮންޓެއިނަރު ޕާކް ރޯދަ މަހުގެ ކުރިން ނިމޭނެކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެޗްޑީސީން މިއަދު ބުނީ، ކޮންޓެއިނަރު ޕާކު ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ރޯދައިގެ ކުރިން އެތަން ނިމޭނެ ކަމަށެވެ.
މި ޕާކު އެޗްޑީސީން ތަރައްގީކުރަނީ ބޭނުންނުކޮށް ދޫކޮށްލާފައި ހުންނަ ކޮންޓެއިނަރު ބޭނުންކޮށްގެންނެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި މި ޕާކުގައި ކެފޭ، އެގްޒިބިޝަން ސްޕޭސް އަދި ތަފާތު މަސައްކަތްތައް ކުރުމަށް ކޯ ވޯކިން ސްޕޭސްއެއް ހިމެނޭނެއެވެ. އަދި އެކިއެކި ވިޔަފާރީގެ ހަރަކާތްތައް ހިންގުމަށް އެ ޕާކު ބޭނުންކުރެވޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު