ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގަވަނިން ބޯޑު މިއަދު އެކުލަވާލައި އެ ބޯޑަށް މެންބަރުން އައްޔަންކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ބޯޑު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވައިލައްވާފައިވަނީ މިއަދު ކަމަށެވެ. އަދި މި ބޯޑަކީ އެ ހޮސްޕިޓަލުގެ ހިންގުމުގެ ކަންކަން ލާމަރުކަޒީ އުސޫލުން ބެލެހެއްޓެވުމަށްޓަކައި އުފައްދަވާފައިވާ ބޯޑެއް ކަމަށެވެ.

  • ޑޮކްޓަރު ލަވްޝާ މުހައްމަދު، ކާއިނާތު، ގދ. ތިނަދޫ (އަންމުންގެ ތެރެއިން އައްޔަންކުރެވޭ މެމްބަރެއް)
  • ޑޮކްޓަރު އަބްދުﷲ އުބައިދު، ދަފްތަރު. ނަންބަރު ރސ 6099 (ޑޮކްޓަރު އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މަސައްކަތް ނުކުރާ ހެލްތު ނުވަތަ މެޑިކަލް ދާއިރާގެ ތަޖުރިބާކާރެއް)
  • (ސަރަޙައްދުގެ މާލީ ދާއިރާގެ މެންބަރެއް)
  • މަރްޔަމް ނާޒްނީން، ހ.ބަޑިދޫގެ (މިނިސްޓްރީ އޮފް ހެލްތު ތަމްސީލުކުރާ މެމްބަރެއް)
  • ޖީޒާ ހަސަން، ނީލުގެ، ގދ. ތިނަދޫ (ސަރަޙައްދުގެ ޕަބްލިކް ހެލްތު ދާއިރާގެ މެމްބަރެއް)
  • ސައުދު އަލީ، އަބުހަރީއާގެ، ގދ. ތިނަދޫ (އަތޮޅު ކައުންސިލުގެ މެމްބަރެއް)
  • (ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުރި އިސްވެރިޔާ)

ރައީސް މިއަދު އެކުލަވާލި ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އައްޔަން ކުރެއްވީ ލަވްޝާ މުހައްމަދެވެ.