ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް އިންޓަރނޭޝަނަލް ޓްރާންސްފާ (ޓީޓީ) ފޮނުވުމަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

ބީއެމްއެލުން ބުނީ، އެ ބޭންކުގެ ކަސްޓަމަރުންނަށް ދެމުން އަންނަ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭންކުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މައިގަނޑު ހަތަރު ބަދަލެއް ގެނެސްފައިވާ ކަމަށެވެ. އެއީ

  • ގިނަ ޑޮކިއުމަންޓް އެޓޭޗްކުރެވުން
  • ޓީޓީ ހެދުމަށް ބޭނުންވާ ޔޫއެސް ޑޮލަރު ގަތުމަށް އެދި ހުށަހެޅުން
  • ޓީޓީގެ ޗާޖު ކަނޑަންވީ އެކައުންޓް ހިޔާރު ކުރެވުން
  • ޓީޓީ ޕްރޮސެސްވުމުން އައު ފޯމެޓެއްގައި ކޮންފަމޭޝަން ރިސީޕްޓެއް ލިބުން

ބީއެމްއެލުން ބުނީ، އީމެއިލް މެދުވެރިކޮށް ޓީޓީގެ ހިދުމަތް ބަލައިގަތުން އަންނަ އޭޕްރިލް މަހުން ފެށިގެން ހުއްޓާލާނެ ކަމަށެވެ. އަދި ބޭންކުން ބާރުއަޅަނީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކަސްޓަމަރުން ޓީޓީގެ ހިދުމަތް ހޯދުން ކަމަށް ބުންޏެވެ.