ކޮވިޑް ވެކްސިން ނުޖަހާ މީހުންވެސް ވެކްސިން ޖަހާފައިވާ ކަމަށް ދެއްކުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތެރެއިން ފޭކް ވެކްސިން ކާޑު ވިއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ފޭކް ވެކްސިން ކާޑު ވިއްކުމުގެ މައްސަަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި އެހެންކަމުން ފުލުހުން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.
އެޗްޕީއޭގެ ތެރެއިން ފޭކް ވެކްސިން ކާޑު ވިއްކާ މައްސަލައަކީ ދޭތެރެ ދޭތެރެއިން ސޯޝަލް މީޑިއާގައި ފެތުރެމުންދާ މައްސަލައެކެވެ. އެ މައްސަލައިގައި އެޗްޕީއޭގެ ބައެއް އިސް ފަރާތްތަކަށްވެސް ބައެއް މީހުން ތުހުމަތު ކުރެއެވެ.
ކޮވިޑް 19އާ ގުޅިގެން ކުރިއަށްގެންދާ އެކި ކަންތައްތަކުގެ ތެރެއިން ނާޖާއިޒް ފައިސާ ނަގަމުންދާ ވާހަކަ އާއްމުކޮށް ދެކެވޭ އިރު، އޭގެ ތެރެއިން އެންމެ ބޮޑަށް ދައްކާ އެއް ވާހަކައަކީ ޕީސީއާރު ޓެސްޓުގެ ވާހަކައެެވެ.
ބައެެއް މީހުން ތުހުމަތު ކުރާ ގޮތުގައި ޕީސީއާރު ޓެސްޓު ހެދުމަށް ފައިސާ ނަގަނީ އެޗްޕީއޭއާ ގުޅުންހުރި ފަރާތްތަކަކުން ނާޖާއިޒު މަންފާއެއް ނެގުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު