މި އަހަރުގެ ރޯދަމަހާ ދިމާކޮށް، "އެންމެ މީރު" ރޯދަ ޕްރޮމޯޝަން މިފްކޯ އިން ފަށައިފިއެވެ.
އަންނަ މެއި މަހުގެ 31 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގެ ގުރުއަތުން އެއްވަނަ އަށް ހޮވޭ މީހަކަށް ދޭން ނިންމާފައި ވަނީ 100،000 ރުފިޔާއެވެ. އަދި ޕްރޮމޯޝަނުގައި ބައިވެރިވާ މީހުންގެ ތެރެއިން ކޮންމެ ހަފުތާއަކު ހޮވާ ނަސީބުވެރިއަކަށް 5،000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ލިބޭނެއެވެ.
މި ޕްރޮމޯޝަން މާލޭގައި ހުންނަ މިފްކޯގެ ދެ ފިހާރައިގައާއި ހުޅުމާލެ ފިހާރައާއި އައްޑު އާއި ކޫއްޑޫ އަދި ފެލިވަރުގައި ކުރިއަށްދާ އިރު، ޕްރޮމޯޝަނުގެ ދަށު 200 ރުފިޔާއިން މަތިން ވިޔަފާރި ކުރާ ކޮންމެ މީހަކަށް ކޫޕަނެއް ދޭނެއެވެ. އެ ކޫޕަންގައި އޮންނަ ކިއުއާރު ކޯޑު ސްކޭން ކުރުމަށް ފަހު ހުށަހަޅަން ޖެހޭނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށެވެ.
ކޮންމެ އަހަރަކުވެސް މިފްކޯގެ ރޯދަ ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބޭ އިރު، ރޯދައިގެ ކުރިން އާ ދެ ޕްރޮޑަކްޓެއް ތައާރަފު ކުރަން ނިންމާފައިވާ ކަމަށް މިފްކޯއިން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު