މާލެއިން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެއެވެ.
ވީނުވީއެއް ނޭނގި ގެއްލިގެން މިމަހުގެ 19 ވަނަ ދުވަހު ހޯދަމުން އައީ ޅ. ނައިފަރު/ ޑޭޒީހިޔާ، އަޙްމަދު ވިއާމް (23އ) އެވެ.
ފުލުހުން މިއަދު ބުނީ، ގެއްލިގެން ހޯދަމުން އައި ޒުވާނާ ފެނިފައިވާ ކަމަށް ރޭ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ބުންޏެވެ.
މިކަމާ ގުޅިގެން އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ. ނަމަވެސް "ވަން" އަށް އެނގިފައިވާ ގޮތުގައި އޭނާ ގެއްލިގެން ހޯދަން ފޮޓޯ އާންމު ކުރުމާއެކު އޭނާ ވަނީ އާއިލާއާ ހަވާލުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު