މާލެއިން މީހަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދާ މީހަކީި ޅ. ނައިފަރު/ ޑޭޒީހިޔާ، އަޙްމަދު ވިއާމް (23އ) އެވެ.

ފުލުހުން މިއަދު ބުނީ، ވީނުވީއެއް ނޭނގި ގެއްލިގެން އެމީހާގެ އާއިލާގެ ފަރާތުން ރިޕޯޓްކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އަދި އެކަން ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ އިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހަ ފެނިފައި ނުވާ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ، ވިއާމްއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެމައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ނައިފަރު ޕޮލިސްގެ ނަންބަރު 9792187 އަށް ގުޅައި ހިއްސާކޮށްދިނުމަށް އެދޭ ކަމަށެވެ.