ސްކޫލް އޮފް މެޑިސިންގައި ކިޔަވަމުން އަންނަ ދަރިވަރުންތަކަކަށް ބުލީ ކުރި މައްސަލަ ބަލަމުން އަންނަ ކަމަށް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އިން ބުނެފި އެވެ.
އެމްއެންޔޫއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންތަކަކަށް ބުލީ ކުރި މައްސަލައެއް ޔުނިވަސިޓީގެ ވައިސް ޗާންސެލަރަށް މި މަހުގެ 17 ވަނަ ދުވަހު ހުށަހަޅާފައި ކަމަށެވެ.
ބުލީ ކުރުމަކީ ދަރިވަރުންގެ ކޯޑް އޮފް ކޮންޑަކްޓްގައި މަނާކަމެއް ކަމަށާއި އެކަން ޔުނިވަސިޓީގެ މައްސަލަ ބަލާ ކޮމެޓީން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް އެމްއެންޔޫއިން ބުނެ އެވެ. އަދި މައްސަލަ ނިމުނުހާ އަވަހަށް އެކަން ހިނގާފައިވާ ގޮތް ދަރިވަރުންނާ ހިއްސާކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ބުންޏެވެ.
އެމްއެންޔޫގައި މެޑިސިން ކިޔަވަމުން އަންނަ ދަރިވަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އާ ވާހަކަ ދައްކަމުން ބުނީ އެގޮތަށް ބުލީ ކުރަމުންދާތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ. ބުލީ ކުރަންވީ ސަބަބެއް އެއްގޮތަކަށްވެސް ނޭނގޭ ކަމަށާއި އޭނާގެ ހާޒިރުގައި އިތުރު ކުދިންތަކަކަށްވެސް ބުލީ ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ބުލީ ކުރަނީ ކޮންބައެއްތޯ އެހުމުން އޭނާ ބުނީ މެޑިކަލް ސްކޫލުގައި އޭނާއަށް ވުރެ ކުރިން ކިޔަވަން ފެށި ކުދިން ކަމަށާއި އެއީ އެ މީހުންނަށްވެސް ދޮށީ ދަރިވަރުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު