އެންމެ ޅަ އުމުރުގައި އެންމެ ދިގު އިސްކޮޅެއްގެ ރިކޯޑު ކެނެޑާގެ ކުއްޖަކަށް!
ކެނެޑާގެ އުމުރުން އެންމެ 15 އަހަރުގެ ފިރިހެން ކުއްޖަކު 7 ފޫޓު 5 އިންޗީގެ އިސްކޮޅަކާއެކު ވިހި އަހަރުން ދަށުގެ އެންމެ ދިގު ޒުވާނާގެ ގޮތުގައި ދުނިޔޭގެ ރިކޯޑު ފޮތަށް އަރައިފިއެވެ.
އޮލީވިއޭ ރިއޫ އަކީ މިވަގުތު އެމެރިކާގެ ފްލޮރިޑާގެ ބާސްކެޓްބޯޅަ އެކަޑަމީއެއްގައި ތަމްރީނު ހޯދަމުންދާ ކުއްޖެކެވެ. އޭނާގެ އާދަޔާ ޚިލާފު ދިގު އިސްކޮޅާއެކު ބާސްކެޓް ކޯޓުތަކުގައި އޭނާގެ ވިދުންވެސް ނުހަނު ބޮޑެވެ. އުމުރުން އެގާރަ އަހަރާ ހަމަޔަށްވެސް އޮލީވިއޭއަކީ އާދައިގެ އެހެންކުދިންނާ ވަކި ތަފާތެއްނެތް ކުއްޖެކެވެ. އޭނާގެ އިސްކޮޅަށް ބޮޑު ބަދަލެއް އަންނަންފެށީ އޭގެ ފަހުންނެވެ.
އޮލީވިއޭގެ ދިގު އިސްކޮޅުގެ މައިގަނޑު ސިއްރަކީ އޭނާގެ އާއިލާއެވެ. ބައްޕަގެ އިސްކޮޅަކީ 6 ފޫޓު 8 އިންޗިއެވެ. މަންމަގެ އިސްކޮޅަކީ 6 ފޫޓު 3 އިންޗިއެވެ. އެހެންވީމާ އެއީ އާދަޔާ ޚިލާފަށް އިސްކޮޅުން ދިގު މީހުންގެ އާއިލާއަކީއެވެ. އުމުރުން 18 ފުރޭއިރު އޮލީވިއޭގެ އިސްކޮޅު 8 ފޫޓަށްވުރެ ދިގުވާނޭ ކަމަށް މިހާރުވަނީ ލަފާކުރެވިފައެވެ.
ެޮއޮލީވިއޭ ރިއޫއަށް ދުނިޔޭގެ ރިކޯޑުފޮތުން ޖާގަ ލިބުމުގެ ކުރިން ދުނިޔޭގެ އެންމެ އިސްކޮޅުން ދިގު ޓީނޭޖަރުގެ ރިކޯޑު އޮތީ ޗައިނާގެ ކެން ރެޔޫއަށެވެ. އުމުރުން 15 އަހަރުގައި 2020 ވަނަ އަހަރު ކެން ރެޔޫގެ އިސްކޮޅުކަމަށް ރިކޯޑު ކުރެވިފައިވަނީ 7 ފޫޓު 3 އިންޗިއެވެ. އޭނާއަށްވުރެ އޮލީވިއޭ 2 އިންޗި ދިގެވެ.
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު