އައްޑޫސިޓީ މަރަދޫފޭދޫގެ ފަޅު ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ މަރަދޫފޭދޫގެ ގެއެއްގައި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިފައިވާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެެވެ.
މަރަދޫފޭދޫ ކައުންސިލް މެމްބަރު ހާލިދާ މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ އެރަށު ފަޅު ގެއެއްގެ ތެރެއިން މަރުވެފައި އޮއްވައި ފެނުނީ ފޭދޫގައި ދިރިއުޅޭ މީހެއް ކަމަށެވެ.
ހާލިދާ ވިދާޅުވީ އެމީހާ އަކީ ފޭދޫ މިހަކާ ކައިވެނިކޮށްގެން އުޅޭ ފުވައްމުލަކު މީހެއް ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް އަދި ޒަހަމެއް ފެންނަން ނެތް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމީހާ މަރުވެފައި އޮއްވައި ފެނުނީ އެ ގެ ކައިރީގައި ދިރިއުޅެ ބަޔަކަށް ކަމަށާއި އަދި އެމީހާ އަކީ އިއްޔެ ހަވީރުން ފެށިގެން އާއިލާއިން ހޯދަމުންދިޔަ މީހެއް ކަމަށެވެ. އަދި އެމީހާގެ ހަށިގަނޑު މިހާރު ފުލުހުންގެ ބެލުމުގެ ދަށުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ހާލިދާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު