ފިލްމު ''ގެހެރާއިޔާ''ގެ ސަބަބުން ބަތަލާ އަނަންޔާ ޕާންޑޭގެ ވާހަކަތައް މީޑިއާގައި މިއީ ގިނައިން ދެކެވޭ ދުވަސްވަރެކެވެ.
ފިލްމު ''ގެހެރާއިޔާ'' މިހާރު ރިލީސްކޮށްފައިވާއިރު ފިލްމުގައި އަނަންޔާ ހުށަހަޅައިދިން ރޯލަށް އަންނަނީ ގިނަ ބައެއްގެ ތައުރީފު ލިބެމުންނެވެ. މި ފިލްމު ޕްރޮމޯޓުކުރުމުގެ ތެރެއިން ދިން އިންޓަވިއުއެއްގައި އަނަންޔާ ވަނީ ރައްޓެހިން އޭނާގެ ގެއަށް ގެންދަން ބޭނުން ނުވާ ސަބަބު ބުނެދީފައެވެ.
ޔޫޓިއުބް ޗެނަލް ''ސައިރަސް ސޭސް'' އަށް ދިން އިންޓަވިއުއެއްގައި މިފިލްމުގެ ކާސްޓުންނާއި ޑައިރެކްޓަރު ވަނީ އެކުގައި ބައިވެރިވެފައެވެ. އިންޓަވިއުގެ ތެރެއިން ތަފާތު ގިނަ މަޖާ ވާހަކަތަކެއް ހިއްސާކޮށްފައިވާއިރު އަނަންޔާ އާއިއެކު ފިލްމުގައި މަސައްކަތްކުރި ތަރިން ވަނީ އަނަންޔާ ގެންގުޅޭ ކާ އެއްޗެއްގައި އެހެން މީހަކަށް އަތް ލުން ވެސް މަނާ ކަމަށް ބުނެފައެވެ. އަދި ބަތަލާ ދީޕިކާ ވަނީ އަނަންޔާގެ ގެއަށް ދިއުމަށް ދައުވަތަކަށް އެދި އާދޭސްކުރި ނަމަވެސް އެ ގެއަށް އެއްވެސް މީހަކު ދިއުން މަނާކޮށްފައިވާކަމަށް ބުނެ ސައިރަސް ގާތު ޝަކުވާކޮށްފައެވެ. އޭގެ ފަހަތުގައި ވަނީ ކޮން ސަބަބެއްތޯ އޮޅުން ފިލުވުމަށް ސައިރަސް އަނަންޔާއާ ސުވާލުކުރުމުން އަނަންޔާ ބުނެފައިވަނީ ގެއަށް ރައްޓެހިން ގެންދަން ބޭނުން ނުވާ ސަބަބަކީ އޭނާގެ ބައްޕަ ޗަންކީ ޕާންޑޭ ކަމަށެވެ.
އޭނާގެ ބައްޕަ ގޭތެރޭގައި ގިނައިން އުޅެނީ ތުވާލިކޮޅު އަނދެން ކަމަށާއި އެގެއަށް ދާ މީހުންނަށް ބައްޕަ އެގޮތަށް ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އަނަންޔާ ވަނީ ބުނެފައެވެ.
ކުރީގެ ފިލްމީ ތަރި ޗަންކީ ޕާންޑޭގެ ދަރިފުޅު އަނަންޔާ ޕާންޑޭ ފިލްމު އިންޑަސްޓްރީގައި އަންނަނީ ފައިހަމަ ކުރަމުންނެވެ. އޭނާގެ އެންމެ ފަހުގެ ފިލްމު ''ގެހެރާއިޔާ'' އަށްފަހު އަނަންޔާގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި ފިލްމު ''ލިގާ'' ގައި ވިޖޭ ދެވެރެކޮންދާ އާއެކުގައި ފިލްމުގެ ލީޑުން ފެނިގެން ދާނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން