ފޯމުގައި ކުޅެމުން ދަނިކޮށް ނިއުކާސަލްގެ އިންގްލެންޑް ޑިފެންޑަރު ކެވިން ޓްރިޕިއާއަށް އަނިޔާވެއްޖެއެވެ.
މިދިޔަ މަހުގެ ޓްރާންސްފާ ސީޒަންގައި އެތުލެޓިކޯ މެޑްރިޑުން ނިއުކާސަލް ޔުނައިޓެޑަށް ބަދަލުވި ޓްރިޕިއާއަށް އަނިޔާވީ އެންމެފަހުން އެސްޓޮންވިލާއާ ދެކޮޅަށް ނިއުކާސަލުން ކުޅުނު ލީގު މެޗުގައެވެ. ނިއުކާސަލުން އެންމެފަހުން ކުޅުނު ދެ މެޗުގައިވެސް ޓްރިޕިއާ ވަނީ ހިލޭ ޖެހުމުން ގޯލު ޖަހައިފައެވެ. ފޯމުގައި ކުޅެމުން ދަނިކޮށް ޓްރިޕިއާއަށް ލިބުނު އަނިޔާއާ ގުޅިގެން ކުޅުމާ ދުރަށް ދާން ޖެހުނު މުއްދަތު އަދި ޔަގީނެއް ނުވެއެވެ.
އެސްޓަން ވިލާ މެޗަށްފަހު ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ބުނީ ޓްރިޕިއާގެ ފައިތިލައަށް އެސްޓަން ވިލާ ކުޅުންތެރިޔަކަށް ފައިން އެރެވުނު ކަމަށެވެ. އެ މެޗަށްފަހު ހެދި ޓެސްޓުތަކަށްފަހު ކްލަބުން ބުނާގޮތުން ޓްރިޕިއާގެ ފައިތިލައިގެ ކަށިގަނޑެއްގައި ވަނީ ރެނދުލައިފައެވެ.
ފައިތިލައިގައި ރެނދުލާފައިވުމުން ގިނަ ދުވަސްތަކެއް ވަންދެން ޓްރިޕިއާ ކުޅުމާ ދުރަށް ދާނެ ކަމަށް ބެލެވެއެވެ. ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތްކުރަމުން އަންނަ ނިއުކާސަލްއަށް ޓްރިޕިއާއާ ނުލައި ކުޅެން ޖެހުން ވާނީ ކުރިއަށް އޮތް މެޗުތަކުގައި އުނދަގޫވާނެ ކަމަކަށެވެ.
އުމުރުން 31 އަހަރުގެ ޓްރިޕިއާއަކީ ނިއުކާސަލްއާ އަލަށް ހަވާލުވި ސައުދީ ވެރިން ކްލަބަށް ގެނައި ފުރަތަމަ ކުޅުންތެރިޔާވެސް މެއެވެ. އެންމެފަހުން އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައި ޓްރިޕިއާ ނުކުތީ ނިއުކާސަލްގެ ކެޕްޓަން ބޭންޑުވެސް އަޅައިގެންނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު