މުނިފޫހިފިލުވުން

ޕޫޖާ ހެގްޑޭ މިފަހަރު ރާއްޖެ އައީ އާއިލާއާއެކުގައި

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ލޯބިކުރާ އިންޑިއާގެ ފިލްމީ ތަރިންގެ ތެރޭގައި ބަތަލާ ޕޫޖާ ހެގްޑޭ ހިމެނޭނެއެވެ.

މީގެ ދެމަސް ކުރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރި ރީތީގެ ރާނީ އަދި ދެކުނު އިންޑިއާ އާއި ބޮލީވުޑްގެ ބަތަލާ ޕޫޖާ މިފަހަރު އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް އައިސްފައިވަނީ އޭނާގެ މަންމަގެ އުފަން ދުވަސް ފާހަގަކުރަމަށެވެ. ކަގި މޯލްޑިވްސްގައި އާއިލާއާއެކު ޗުއްޓީ ހޭދަކުރަމުން އަންނައިރު ޕޫޖާ އަންނަނީ އިންސްޓަގުރާމުގައި ފޮޓޯތައް ހިއްސާކުރަމުންނެވެ.

ޕޫޖާގެ އިންސްޓަގުރާމުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިއީ 13 އަހަރަށްފަހު އާއިލާއެކުގައި ހޭދަކުރާ ފުރަތަމަ ޗުއްޓީ ކަމަށާއި އަދި މިކަމަށް މާ ލަސްވެއްޖެ ކަމަށެވެ. ޕޫޖާ ވަނީ އޭނާގެ މަންމަގެ އުފަން ދުވަސް ފާހަގަކުރާ ފޮޓޯތައް ވެސް އިންސްޓަގުރާމަށް ލައިފައެވެ.

ދެކުނު އިންޑިއާގެ ގިނަ ފިލްމުތަކެއްގެ މަސައްކަތްތައްވެސް ކުރަމުން އަންނަ ''ރާދޭ ޝާމް''ގެ ބަތަލާ ޕޫޖާގެ ކުރިއަށް ރިލީސްވާން ތައްޔާރުވަމުން އަންނަ ބޮލީވުޑް ފިލްމުތަކުގެ ތެރޭގައި ރަންވީރު ސިންގު އާއެކު ފިލްމު ''ސާކަސް'' އަދި ސަލްމާން ހާން އާއެކު ފިލްމު ''ކަބީ އީދު ކަބީ ދިވާލީ'' ހިމެނެއެވެ.