އެސްޓީއޯއިން ތެލުގެ ބޮޑުކޮށްފިއެވެ. އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގު ބޮޑުކޮށްފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

އެސްޓީއޯއިން ރޭ ބުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަނީ ކޮންޓްރޯލެއް ނެތި އުފުލެމުން ކަމަށެވެ. އެހެންވެ އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގުވެސް ބޮޑުވެފައިވާ ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 12.98 ރުފިޔާ އަށް ކަމަށާއި އަދި ޑީސަލް ލީޓަރެއް ވިއްކާނީ 13.04 ރުފިޔާއަށް ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން އެންމެ ފަހުން ޕެޓްރޯލް ލީޓަރެއް ވިއްކި އަގަކީ 12.44 ރުފިޔާއެވެ. އަދި ޑީސަލް ލީޓަރެއް ވިއްކި އަގަކީ 12.06 ރުފިޔާއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެސް އެސްޓީއޯއިން ވަނީ ތެޔޮ ވިއްކާ އަގުބޮޑު ކޮށްފައެވެ.