އިނގިރޭސިވިލާތުގެ ޝާހީ އަމީރު ޕްރިންސް ޗާލްސް ކޮވިޑަށް ޕޮޒިޓިވެއްޖެއެވެ.
މިއީ ޗާލްސް ކޮވިޑަށް ޕޮޒިޓިވްވި ދެވަނަ ފަހަރެވެ. ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 73 އަހަރުގެ ޗާލްސް ކޮވިޑަށް ޕޮޒިޓިވްވުމުން މިވަގުތު ހުންނެވީ އެކަހެރިވެވަޑައިގެންނެވެ. ނަމަވެސް ޕޮޒިޓިވްވުމުގެ ދެ ދުވަސް ކުރިން މަންމާފުޅު ރާނީ އެލިޒަބަތާ ގާތުން ބައްދަލުކުރެއްވި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޗާލްސްއަށް އެންމެ ފުރަތަމަ ޖެހުނީ މާޗް 2020 ގައެވެ. އެ އަހަރު ޕްރިންސް ވިލިއަމްވެސް ކޮވިޑަށް ޕޮޒިޓިވްވިއެވެ.
ރާނީ އެލިޒަބަތު ވަނީ މިދިޔަ އާދިއްތަ ދުވަހު ފާހަގަކުރެއްވި އެކަމަނާގެ ޕްލެޓިނަމް ޖުބިލީގައި ޕްރިންސް ޗާލްސް ރަސްކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ޗާލްސްގެ އަނބިކަނބަލުން ޕްރިންސެސް ކެމީލާ ރާނީއަކަށް ވެވަޑައިގަތުމަށް ރުހުން ދެއްވައިފައެވެ.
ޕްރިންސް ޗާލްސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މިއީ މިހަފުތާގެ ތެރޭގައި ކޮވިޑް ޖެހިވަޑައިގެން ދުނިޔޭގެ ޝާހީ ބޭބޭފުޅުންގެ ތެރެއިން ތިން ވަނަ ބޭފުޅެވެ. އެގޮތުން މި ހަފުތާގެ ތެރޭގައި ސްޕެއިންގެ ރަސްގެފާނު ކިންގް ފިލިޕް ކޮވިޑަށް ޕޮޒިޓިވްވި އިރު، ޑެންމާކުގެ ރާނީ މާގެރެޓް 2ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ