ބޮޑެތި ޑިސްކައުންޓުތަކާއި އަގުބޮޑެތި އިނާމުތަކާ އެކު އެސްޓީއޯގެ ރަމަޒާން ބާޒާރު ފަށައިފިއެވެ.
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރަމަޟާން ބާޒާރު ފައްޓަވައިދެއްވީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ.
މިއަހަރުގެ ބާޒާރާ ގުޅޭ މައުލޫމާތު ދެމުން އެސްޓީއޯގެ މާކެޓިން ކޯޑިނޭޓަރު މަނާލް އަހުމަދު ސަމީރު ވިދާޅުވީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައި މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ބާޒާރުގައިވެސް އެހެން އަހަރުތަކެކޭ އެއްގޮތަށް ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭނެ ކަމަށެވެ.
އެގޮތުން މިފަހަރުގެ ބާޒާރުގައި ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ބޮޑު އިނާމަކަށް ހުށަހަޅާފައި ވަނީ ނަސީބުވެރި އެއް ފަރާތަކަށް ތުރުކީ ދެކޮޅު ޓިކެޓް ދެ މީހަކަށް ލިބުމުގެ ފުރުސަތެވެ. އަދި ދަތުރުގެ އެލަވެންސްގެ ގޮތުގައި 1000 ޑޮލަރު ދިނުމަށް ވަނީ ނިންމައިފައެވެ.
- އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގެ ހޯމް އިމްޕްރޫވްމަންޓް މުދަލުން 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓް،
- ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަަނެއް،
- ހުރިހާ އައުޓްލެޓުތަކުން ކޮންމެ ހަފުތާއަކު އެއް ނަސީބުވެރި ފަރާތް ހޮވާނެ
- މުޅި ޕްރޮމޯޝަންގެ ތެރެއިން ނަސީބުވެރި 10 ފަރާތަކަށް އަގުހުރި އިނާމުތަކެއް ލިބޭނެ،
އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ބާޒާރުގައި އެސްޓީއޯއިން ބޭނުން ކުރާނީ ތިމާވެއްޓާ ރައްޓެހި ޑިޖިޓަލް ކޫޕަނެކެވެ. އެއީ އެކުންފުނިން ކަރުދާސް ބޭނުން ކުރާ މިންވަރު މަދު ކުރުމަށް ތައާރަފުކުރި ކަމެކެވެ.
މަނާލް އިތުރަށް ވިދާޅުވީ، އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ރަމަޟާން ބާޒާރު ފަށާނީ އަންނަ މާޗު މަހުގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު