ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް 1.5 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލް ގަންނާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ކުރު މުއްދަތެއްގެ ހަތަރު ޓީބިލެއް ވިއްކަން ހަމަޖެހިފައިވާ ކަމަށެވެ. އެ ޓީބިލްތައް ގަންނަ ފަރާތްތަކުން މި މަހުގެ 14 ވަނަ ދުވަހު ސަރުކާރަށް ފައިސާ ދައްކަން ޖެހެ އެވެ.

  • މިނިސްޓްރީއިން ވިއްކާ ޓީ ބިލްތަކަކީ:
  • 28 ދުވަހުން (14 މާޗް 2022ގައި) ފައިސާ ދައްކަން ޖެހޭ، 674 މިލިއަން ރުފިޔާގެ ޓީބިލް: %3.50 އިންޓަރެސްޓް ރޭޓުގައި
  • 98 ދުވަހުން ފައިސާ ދައްކަން ޖެހޭ، (23 މޭ 2022ގައި) 188 މިލިއަން ރުފިޔާގެ ޓީބިލް: %3.87 އިންޓަރެސްޓް ރޭޓުގައި
  • 182 ދުވަހުން (15 އޮގަސްޓް 2022ގައި) ފައިސާ ދައްކަން ޖެހޭ، 205 މިލިއަން ރުފިޔާގެ ޓީބިލް: %4،23 އިންޓަރެސްޓް ރޭޓުގައި
  • 364 ދުވަހުން (13 ފެބުރުއަރ ީ2023ގައި) ފައިސާ ދައްކަން ޖެހޭ، 466.3 މިލިއަން ރުފިޔާގެ ޓީބިލް: %4.60 އިންޓަރެސްޓް ރޭޓުގައި

ފިނޭންސުން މި ފަހަރު ވިއްކަން އިއުލާނުކޮށްފައި ވަނީ ކުރު މުއްދަތުގެ ޓީ ބިލްތަކެވެ. މި ޓީބިލްތައް ގަންނަން ބޭނުންވާ ފަރާތްތަކުން ފިނޭންސް މިނިސްޓްރީގެ "ސަބްސްކްރިޕްޝަން" ފޯމް މެދުވެރިކޮށް އެ މިނިސްޓްރީއަށް ހުށަހަޅަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ޓީބިލް ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރާނީ ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސަރުކާރުން މިހާތަނަށް 58.7 ބިލިއަން ރުފިޔާގެ ޓީބިލް ވަނީ ވިއްކާފައެވެ.