ކޮވިޑު ޖެހިގެން އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 285 އަށް އަރައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

އިތުރަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ އަައްޑޫ ސިޓީ، ހުޅުދޫއަށް ނިސްބަތްވާ ފާތިމަތު ހަސަންދީދީ ނަމަކަށް ކިޔާ މީހެކެވެ.

މިއީ ކޮވިޑް ޖެހިގެން މިމަހު މަރުވި ނުވަ ވަނަ މީހާއެވެ. ކޮވިޑުގައި އިއްޔެ އެކަނިވެސް ތިން މީހަކު މަރުވެފައިވެއެވެ.

މިއަދުގެ މަރާއެކު ރާއްޖެއިން ކޮވިޑު ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 285 އަށް އަރައިފައެވެ. އެއީ 266 ދިވެހީންނާއި 19 ބިދޭސީންނެވެ.

ކޮވިޑު ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ 2020 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.