އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިދިޔަ މަހުގެ 23 ވަނަ ދުވަހު ސިޒޭރިއަން ހެދުމުގެ ތެރޭގައި ގޮހޮރު ކަފައިގެންގޮސް، އަންހެނަކު މަރާ ހަނގުރާމަ ކުރަން ޖެހިފައިވާ މައްސަލައިގައި، ފިޔަވަޅު އަޅާފައިވޭތޯ، ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަން ނިންމައިފިއެވެ.
މި މައްސަލަ އެ ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމެވެ.
ރޮޒެއިނާ ވިދާޅުވީ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ސިޒެރީން ހަދައި ދަރިފުޅު ނެގުމުގައި ގޮހޮރު ފަޅައިގެންގޮސްފައިވާއިރު، އެކަމާބެހޭ އެއްވެސް މައުލޫމާތެއް އޭނަގެ އާއިލާއާ ހިއްސާ ކޮށްފައި ނުވާ ކަމަށެވެ. އަދި އެ ހާދިސާއަށްފަހު އެމީހާ އައިސީޔޫއަށް ލައިގެންވެސް ކުރި ނުކުރި ކަމެއް ނޭނގޭ ކަމަށާއި އެކަމާބެހޭ މައުލޫމާތުވެސް އާއިލާއަށް ދީފައި ނުވާ ކަމަށެވެ.
އެކަން އެނގުނީ އެމީހާ އޭޑީކޭއަށް ގެނައުމުން ކަމށްވެސް ވިދާޅުވިއެވެ. އަދި އެ މައްސަލައިގައި އެމީހާ އޮތީ ވަރަށް ކްރިޓިކަލް ހާލަތެއް ކަމުގައިވެސް ރޮޒެއިނާ ވިދާޅުވިއެވެ.
އެހެންކަމުން ކޮމިޓީން އެ މައްސަލަ ބެލުމަަށްފަހު، އެފަދަ މައްސަލަތައް ބަލައި އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ އިންތިޒާމެއް ހެލްތު މިނިސްޓްރީ ތެރޭގައި އޮތްތޯ ބެލުމަށް ހުށަހަޅާކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އަދި އެކަމުގައި މިނިސްޓްރީން ކަންތައް ކޮށްފައިވާ ގޮތް ކޮމިޓީން ބެލުމަށް ވެސް ހުށަހެޅުއްވިއެވެ.
ސިޒޭރިއަން ހެދުމުގެ ތެރޭގައި ގޮހޮރު ބުރިވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އިހުމާލުން ހާލު ސީރިއަސްވެ އޭޑީކޭ އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ އައްޑޫ ސިޓީ މަރަދޫއަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ ނަސްރީނާ މުހައްމަދަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު