އިންޑިއާގެ ދުވަސްވީ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު އުމުރުން 92 އަހަރުގައި މަރުވެއްޖެއެވެ.
ކޮވިޑު އަދި ނިއުމޯނިއާށް ފަރުވާ ހޯދަމުން ދިޔަ ލަތާގެ ސިއްހީ ހާލަތާއި ގުޅޭގޮތުން އެންމެފަހުން މީޑިއާތަކަށް މައުލޫމާތު ދެމުން، ލަތާގެ ޑޮކްޓަރު ޑރ. ޕްރަތީތު ސަމްދާނީ ދިން ބުނެފައިވަނީ ލަތާގެ ހާލަތު ވަރަށް ނާޒުކު ކަމަށާއި ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ޖެނުއަރީ 8 އިން ފެށިގެން އައިސީޔޫގައި ފަރުވާދެމުން އައިސްފައިވާ ލަތާ މީގެ ކުރިންވެސް ވަނީ ވެންޓިލޭޓަރަށް ލުމަށްފަހު ހާލަތު ރަނގަޅުވުމުގެ ސަބަބުން މީގެ ހަފުތާއެއް ކުރިން ވެންޓިލޭޓަރުން ނަގާފައެވެ.
މީގެ ކުރިން ލަތާގެ ހާލަތު ގާތުން ބެލުމަށް ޔޫނިއަން މިނިސްޓަރު ޕިޔޫޝް ގޯޔަލް ވެސް ވަނީ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި ލަތާއަށް ހެޔޮ އެދިވަޑައިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވި ހާއްސަ މެސެޖެއް އާއިލާއަށް ރައްދުކުރައްވާފައެވެ. ލަތާ މަރުވި ހަބަރާއެކު ބޮޑު ވަޒީރު މޯދީ ވަނީ ހިތާމައިގައި ބައިވެރިވަޑައިގަންނަވާކަން ފާޅުކުރައްވާފައެވެ. ލަތާގެ މަރުގެ ހަބަރާއެކު ފިލްމު އިންޑަސްޓްރީއާއި ސިޔާސީ ވެރިން އަންނަނީ ތައުޒިޔާގެ މެސެޖުތައް ކުރަމުންނެވެ.
ލަތާ މަންގޭޝްކަރު އެންމެ ފުރަތަމަ ލަވައެއް ރެކޯޑުކޮށްފައިވަނީ 1943ވަނަ އަހަރުގައެވެ. ހިންދީ، ބެންގާލީ އަދި މަރާތީ ބަހުން ގިނަ އަދަދެއްގެ ލަވަ ކިޔައިދީފައިވާ ރަން އަޑުގެ ވެރިޔާ ފިލްމު އިންޑަސްޓްރީއަށް ކޮށްދީފައިވާ ހިދުމަތުގެ އަގު ވަޒަންކޮށް ގިނަ ގައުމީ އެވޯޑުތަކެއް ވަނީ ހާސިލުކޮށްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން