ރާންވިިޖޭ ގެނެސްދެމުން އަންނަ އެމްޓީވީ ރޯޑީސް ރިއަލިޓީ ޝޯ އާ، 17 އަހަރަށްފަހު ދުރަށް ދާން ނިންމައިފިއެވެ.
އެމްޓީވީގެ މަގުބޫލު ރިއަލިޓީ ޝޯ ''ރޯޑީސް'' އެންމެ ފުރަތަމަ ދައްކަން ފަށާފައިިވަނީ މީގެ 19 އަހަރު ކުރިންނެވެ. ޝޯ ފެށިގެން މިއަދާ ހަމައަށް އައިއިރު ރާންވިޖޭ އަކީ އެޝޯއާ ހުރިހާގޮތަކުންވެސް ގުޅި ލާމެހިފައިވާ ތަރިއެކެވެ. ފުރަތަމަ ސީޒަން ކާމިޔާބުކުރި ރާންވިޖޭ ވަނީ އެ ޝޯ ހޮސްޓުކުރުމާއ ހަވާލުވެ ޖަޖެއްގެ ގޮތުގައިވެސް ހަރަކާތްތެރިވެފައެވެ. އެމްޓީވީ ރޯޑީީސްގެ ކުރިއަށް އޮތް 19 ވަނަ ސީޒަން ގެނެސްދިނުމަށް ބޮލީވުޑް ތަރި ސޯނޫ ސޫދު ހަމަޖެހިފައިވާކަމަށް ހަބަރުތައް ބުނެއެވެ.
ރާންވިޖޭ އެޝޯއާ ވަކިވާން ނިންމާފައިވަނީ ކުރިއަށް އޮތް ރޯޑީސް ޝޯ އުފެއްދުމާ އާ ޕްރޮޑަކްޝަން ހައުސް އަކުން ހަވާލުވެފައިވާތީ އާއި އެފަރާތާ ރާންވިޖޭއާ ދެމެދު އެއްބަސްވުމަކަށް އާދެވިފައި ނުވާތީކަމަށް ރިޕޯޓުތައް ބުނެއެވެ. ރާންވިޖޭއާ އެކު އެ ޝޯ ގެނެސްދެމުން އައިސްފައިވާ ނޭހާ ދޫޕިއާ، ޕްރިންސް ނަރޫލާ އަދި ރަފްތާރު ވެސް ވަނީ ޝޯއިން ވަކިވެގެން ގޮސްފައިކަމަށް ހަބަރުތައް ބުނެއެވެ.
މިވާހަކަތަކާ ގުޅިގެން ރާންވިޖޭ ބުނެފައިވަނީ އަހަރުތަކަކަށްފަހު ޝޯއާ ދުރަށް ދާން ޖެހޭތީ ހިތާމަކުރާ ކަމަށެވެ. ގިނަ އަހަރުތަކެއް ވަންދެން އެކުގައި މަސައްކަތްކޮށްފައިވާ ޕްރޮޑަކްޝަން ހައުސްއާއި އޭނާއާ ދެމެދު މައްސަލައެއް ޖެހިފައި ނުވާ ކަމަށާއި އޭނާގެ ކާމިޔާބީގެ ފަހަތުގައި އެ ޓީމުން މުހިއްމު ދައުރެއް އަދާކޮށްދީފައިވާކަމަށެވެ.
ރާންވިޖޭ މިވަގުތު އަންނަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދަމުން އަންނަ އިންޑިއާގެ މަގުބޫލު ޝޯ ''ޝާކް ޓޭންކް އިންޑިއާ'' ހޮސްޓުކޮށްދެމުންނެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން