އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ލަވަކިޔުމުގެ ދާއިރާއިން ދިގުމުއްދަތަކަށް ހިދުމަތްކޮށްދެމުން އައިސްފައިވާ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު ކޮވިޑުން އަދި ނިއުމާނޯއިން ރަނގަޅުވެއްޖެ ކަމަށް މަހާރާޝްތުރާގެ ހެލްތު މިނިސްޓަރު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ އޭންއެންއައި ނޫސް އޭޖެންސީއާ މައުލޫމާތު ހިއްސާކުރައްވަމުން ހެލްތު މިނިސްޓަރު ރާޖޭޝް ތޯޕޭ ވިދާޅުވީ ލަތާ މިވަގުތު ވެންޓިލޭޓަރުން ނަގާފައިވާކަމަށާއި ކޮވިޑުންނާއި ނިއުމޯނިއާ ބަލިން ރަނގަޅުވެފައިވާކަމަށެވެ. ރާޖޭޝް ވިދާޅުވީ ލަތާ އަށް ފަރުވާ ކުރަމުން އަންނަ ޑރ. ޕްރަތީތު ސަމްދާނީއާ ވާހަކަ ދެކެވުނުކަމަށާއި ލަތާ މީގެ ދުވަސްކޮޅެއް ކުރިން ވެންޓިލޭޓަރަށް ލާން ޖެހުނުނަމަވެސް މިހާރު ވެންޓިލޭޓަރުން ނެގުމަށްފަހު އޮކްސިޖަން ދެމުން އަންނަކަމަށް ބުނެފައިވާކަމަށެވެ.
އުމުރުން 92 އަހަރުގެ ލަތާ މަންގޭޝްކަރު ކޮވިޑަށާއި ނިއުމޯނިއާއަށް ފަރުވާކުރުމަށް ސައުތު މުމްބާއީ ބްރީޗް ކެންޑީ މެޑިކަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުން ފެށިގެންނެވެ. ވެންޓިލޭޓަރުން ނެގި ނަމަވެސް އަދިވެސް އޭނާއަށް އައިސީޔޫގައި ފަރުވާދެމުން އަންނަކަމަށާއި ލަތާގެ ހާލަތު ކުރިއަށްވުރެ ރަނގަޅުވަމުން އަންނަކަމުގައި ޑރ. ޕްރަތީތު ސަމްދާނީގެ ޓީމުން ވަނީ ބުނެފައެވެ.
އިންޑިއާ ސިނަމާގެ އެންމެ ފުންނާބު އުސް އެއް ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު ލަވަކިޔުމުގެ ދާއިރާއަށް ނުކުމެފައިވަނީ އުމުރުން އެންމެ 13 އަހަރުގައި 1942ވަނަ އަހަރުގައެވެ. މިހާތަނަށް 30،000 އަށްވުރެ ގިނަ ލަވަ އިންޑިއާގެ އެކި ބަސްބަހުން އޭނާ ވަނީ ކިޔައިދީފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން