ބޮލީވުޑް ތަރި ސަންޖޭ ދަތާ އެކު 12 އަހަރަށްފަހު އެކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިފައިވާކަމަށް ސުނިލް ޝެޓީ ބުނެފިއެވެ.
މި ހަބަރު މީޑިއާތަކަށް ޔަގީންކޮށްދީ ސުނިލް ޝެޓީ ވަނީ ސަންޖޭދަތާއެކު އެކުގައި އަލުން މަސައްކަތްކުރުމުގެ ފުރުސަތު ލިބުމަކީ ހާއްސަ އުފަލެއް ލިބޭ ކަމެއް ކަމަށް ބުނެފައެވެ. މީގެކުރިން އެކްޝަން ރޯލުތަކުން ފެނިގެން ގޮސްފައިވާ ސަންޖޭދަތު އަދި ސުނިލް ޝެޓީގެ ކުރިއަށް އޮތް ފިލްމުގައި ދެމީހުންވެސް ފެނިގެންދާނީ ކޮމެޑީ ރޯލުންކަމަށް ސުނިލް ޝެޓީ ވަނީ ބުނެފައެވެ.
އެންމެފަހުން މިދެތަރިން އެކުގައި ފެނިގެން ގޮސްފައިވަނީ 2010ވަނަ އަހަރު ނުކުތް ''ނޯ ޕްރޮބްލެމް'' އިންނެވެ. އެކްޝަން ފިލްމުތައް ކަމަށްވާ ''ކާންޓޭ'' ''ދަސް'' އަދި ''ޝޫޓްއައުޓް އެޓް ލޯކަންޑްވާލާ'' ފަދަ ފިލްމުތަކުން ސަންޖޭ އަދި ސުނިލް އެކުގައި ހުށަހަޅައިދީފައިވާ އެކްޝަން ރޯލުތައް ގިނަބަޔަކަށް ވަނީ ކަމުގޮސްފައެވެ. ދިގު ބްރޭކަކަށް ފަހު ދެމީހުން އެކުގައި ފެނިގެންދާ ފިލްމުގައި އެމީހުންގެ އުމުރާ ގުޅޭ ރޯލުތަކުން ފެނިގެންދާނެކަމަށް ސުނިލް ޝެޓީ ބުނެއެވެ. ސަންޖޭދަތަށް 62 އަހަރު ފުރިފައިވާއިރު 60 އަހަރުގެ ސުނިލް ޝެޓީ އަކީ އިންޑަސްޓްރީގެ ބޭރުންވެސް ގާތް ރަހުމަތްތެރިކަމެއް އޮންނަ ދެ ތަރިންނެވެ.
ސުނިލް ޝެޓީ އެންމެފަހުން ފެނިގެން ގޮސްފައިވަނީ ދަރިފުޅު އަހާން ޝެޓީގެ ފުރަތަމަ ފިލްމު ''ތަޅަޕް'' އިންނެވެ. އޭގެ އިތުރުން ސުނިލް ޝެޓީ ފަހަކަށް އައިސް ފެނިގެން ގޮސްފައިވަނީ ދެކުނު އިންޑިއާގެ ފިލްމުތަކުގައެވެ. ސަންޖޭދަތުގެ މަސައްކަތްތަކަށް ބަލާއިރު އޭނާ އެންމެފަހުން ކުޅެފައިވަނީ ''ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ'' އިންނެވެ. މި އަހަރުގެ ތެރޭގައި ރިލީސްވާން ތައްޔާރުވަމުން އަންނަ ސަންޖޭގެ ފިލްމުތަކުގެ ތެރޭގައި ''ޕްރިތުވިރާޖް'' ''ޝާމްޝޭރާ''ގެ އިތުރުން ޓެލިނގޫ ފިލްމު ''ކޭޖީއެފް: ޗެޕްޓާ-2'' ހިމެނެއެވެ.
ސަންޖޭ އަދި ސުނިލް ޝެޓީ އެކުގައި ކުޅުމަށް ހަމަޖެހިފައިވާ ކޮމެޑީ ފިލްމުގައި މި ދެތަރީންގެ އިތުރުން ޒައިދު ހާން އަދި އީޝާ ޑެއޯލްވެސް ކާސްޓުންގެ ތެރޭގައި ހިމެނޭކަމަށް ހަބަރުތައް ބުނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން