މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

މަރުވެފައި އޮއްވާ ފެނުނީ މާފަންނު ހިންޓަން ނަމަކަށް ކިޔާ ގެއެއްގެ ތެރެއިންނެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މާފަންނު ގެއެއްގެ ތެރެއިން މީހަކު މަރުވެފައިވާ ކަމުގެ މައުލޫމާތު މިއަދު 8:03 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އޮފިސަރު ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނީ އުމުރުން 49 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލުމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ މީގެ ކުރިން އެސްޓީއޯގެ ސީނިއާ މަގާމެއްގައި އުޅުނު އަހުމަދު ނާޝިދު ނަމަކަށް ކިޔާ މީހެކެވެ.