ބޮލީވުޑް ތަރި އަދި ފިރިމީހާ ވިކީ ކޯޝަލް އާ ނުލައި ބަތަލާ ކެޓްރީނާ ކެއިފް ރާއްޖެ އަތުވެއްޖެއެވެ.
ކެޓްރިނާ ކެއިފް ރާއްޖެ އައިސްފައި މިވަނީ އިޝްތިހާރެއްގެ މަންޒަރުތައް ނެގުމަށެވެ.
ކެޓްރީނާގެ ދަތުރާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވަނީ ކެޓްރީނާ ރާއްޖެ އައިސްފައިވަނީ ބުއިމެއްގެ އިޝްތިހާރެއް ކުޅުމަށް ކަމަށާއި އިޝްތިހާރުގެ މަންޒަރުތައް ނެގުމަށް ދުވަސްކޮޅަކު ރާއްޖޭގައި ހުރުމަށްފަހު މުމްބާއީއަށް އެނބުރި ދާނެ ކަމަށެވެ.
އެއަށްފަހު ސަލްމާން ހާން އާއެކު ފިލްމު ''ޓައިގާ 3'' ގެ އެންމެފަހުގެ މަންޒަރުތައް ނެގުމުގެ މަސައްކަތްތަކާވެސް ވަރަށް އަވަހަށް ގުޅުމަށް ހަމަޖެހިފައިވާ ކަމަށް އެފަރާތުން ބުނެއެވެ. މިމަހުގެ ތެރޭގައި އެފިލްމުގެ އެންމެފަހުގެ މަންޒަރުތައް ދިއްލީގައި ނެގުމަށް ޝެޑިއުލްކޮށްފައިވީ ނަމަވެސް ކޮވިޑުގެ ހާލަތުގެ ސަބަބުން ޝޫޓިންތައް ވަނީ ފަސްކޮށްފަފައެވެ.
ކެޓްރީނާގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު ފަރްހާން އަހްތަރު އުފައްދަން އުޅޭ ފިލްމު ''ޖީ ލޭ ޒަރާ'' ހިމެނެއެވެ. އާލިއާ ބަޓް، ޕްރިޔަންކާ ޗޯޕްރާއާ އަދި ކެޓްރިނާ ކެއިފް އެކުގައި ފެނިގެންދާ މިފިލްމުގެ ޝޫޓިންތައް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާއިރު މިފިލްމާއި ކެޓްރީނާގެ ފިރިމީހާ އަދި އެކްޓަރު ވިކީ ކޯޝަލް ގުޅުމަށް ހަމަޖެހިފައިވާ ވާހަކަތަކެއް ވެސް އަންނަނީ ދެކެވެމުންނެވެ.
ފިލްމު ''ޖީ ލޭ ޒަރާ'' ''ޓައިގާ 3'' ގެ އިތުރުންވެސް ކެޓްރީނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ''މެރީ ކްރިސްމަސް'' އަދި ''ފޯން ބޫތު'' ހިމެނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން