ހޮލީވުޑް އަދި ބޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަދި ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއަށް ސަރޮގަސީ މެދުވެރިކޮށް ދަރިޔަކު ލިބުނު ހަބަރު ހިއްސާކުރުމާއެކު ގިނަބަޔަކު އަންނަނީ އެދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ.
ނަމަވެސް ސަރޮގަސީއާ ގުޅުވައިގެން އިންޑިއާގެ އެކްޓިވިސްޓް ތަސްލީމާ ނަސްރީން ކުރި ޕޯސްޓަކާއެކު ޓުވިޓާގައި ވަނީ ހޫނު ބަހުސްތައް ފެށިގެން ގޮސްފައެވެ. ސީދާ ޕްރިޔަންކާގެ ނަން ގެނެސްފައިނުވިނަމަވެސް ތަސްލީމާ މި މައުލޫ ފަށާފައިވަނީ ޕްރިޔަންކާ މި ހަބަރު ހިއްސާކުރުމާއެކުގައެވެ.
ސަރޮގަސީއަކީ ދެމަފިރިއެއްގެ ދަރިފަނި އަދި ބިސް ބޭނުންކޮށްގެން އެހެން އަންހެނެއްގެ ބަނޑުގައި ދަރިޔަކު ގަރުބަ ގަތުމަށް ރަހިމު ''ކުއްޔަށް'' ހިފުމެވެ. ސަރޮގަސީ ދުނިޔޭގައި ހުއްދަކުރެވިގެން އައިސްފައިވަނީ ފަގީރުންގެ ސަބަބުންކަމުގައި ތަސްލީމާ ވަނީ ބުނެފައެވެ. އަދި މިފަދަ ބޭނުންތަކަށް މުއްސަނދީންގެ ފައިދާއަށްޓަކައި ފަގީރުކަން ދުނިޔެއިން ނައްތާލަން މުއްސަނދިން ބޭނުން ނުވާކަމުގައި އޭނާ ބުނެއެވެ. ތަސްލީމާ އިތުރަށް ބުނެފައިވަނީ ދަރިޔަކު ބޭނުންވާނަމަ މަގުމަތިވެފައިވާ އަޅައިލާނެ މީހަކު ނެތް ޔަތީމު ކުއްޖަކު އެޑޮޕްޓުކުރުން މާ ރަނގަޅުވާނެ ކަމަށެވެ.
ސަރޮގަސީއެއް މެދުވެރިވެގެން ރެޑީމޭޑުކޮށް ތުއްތު ދަރިފުޅު ލިބުމުން ކުރެވެނީ ކޮންކަހަލަ އިހުސާސެއްތޯވެސް އޭނާ ވަނީ އެފަދަ މައިން ގާތުން އަހާފައެވެ. އެ މަންމައިންނާ ދަރިފުޅު އުފަން ކުރުވި މަންމައިންގެ އިހުސާސު އެއްގޮތްތޯވެސް އޭނާ ސުވާލުކުރެއެވެ.
ތަސްލީމާގެ މި ޕޯސްޓާ ގުޅިގެން އެއްބަޔަކު އޭނާގެ ވާހަކައަށް އެއްބަސްވާއިރު އަނެއް ބަޔަކު ވަނީ އެއާ ދެކޮޅަށް ވާހަކަ ދައްކާފައެވެ.
ކޮންމެޔަކަސް މަތިވެރިވެގެންވާ އިސްލާމްދީނުގައި މިއީ ހުއްދަ ކަމެއް ނޫނެވެ. އިންސާނީ ދަރިފަސްކޮޅު އޮޅޭ ގޮތަށް ނުވަތަ އެކަމަށް މަގުފަހިވެދާނެ އެއްވެސް ގޮތަކަށް ދަރިމައިވުން އިސްލާމްދީނުގައި ހުއްދަވެގެން ނުވެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން