ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ އަނބިކަނބަލުން ނަޒްރާ ނަސީމާއި ދަރިކަނބަލުން ލައިބާ އަހުމަދު މަހުލޫފު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
ނައިބު ރައީސް ފައިސަލް ނަސީމްގެ ޗީފް އެކްޒެކްޓިވް ނަޒްރާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ އާއި އޭނާގެ ދަރިފުޅު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ނަމަވެސް މިނިސްޓަރު ޕޮޒިޓިވް ވި ކަމެއް އަދި ސާފެއް ނުވެ އެވެ. މިނިސްޓަރު މަހުލޫފް ރޭ ހުންނެވީ ޕްރެސިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތަށް ވަޑައިގެން ރ. އަލިފުށީގައެވެ.
ފައިނަލް މެޗު ނިމިގެން އެނބުރި މާލެ ވަޑައިގެންނެވި ކަމެއް އަދި ސާފެއް ނުވެއެވެ.
ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫނު ވަނީ އިއްޔެ ޕޮޒިޓިވް ވެފަ އެވެ.
ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވެފައިވާއިރު ދުވާލެއްގެ މައްޗަށް ޕޮޒިޓިވް ވާ އަދަދު ވަނީ 2000 އިން މައްޗަށް އަރާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު