މުނިފޫހިފިލުވުން

ސަރޮގަސީ މެދުވެރިކޮށް ޕްރިޔަންކާ އަދި ނިކް ޖޯނަސް އަށް އަންހެން ކުއްޖަކު ލިބިއްޖެ

ސަރޮގަސީ މެދުވެރިކޮށް ޕްރިޔަންކާ ޗޯޕްރާ އަދި ނިކް ޖޯނަސް އަށް އަންހެން ކުއްޖަކު ލިބިއްޖެއެވެ.

މި ދެމަފިރިންނަށް ސަރޮގަސީ މެދުވެރިކޮށް އަލަތު ދަރިފުޅު ލިބުނުކަން މީސްމީޑިއާގައި ހާމަކުރި ނަމަވެސް ލިބުނީ އަންހެން ކުއްޖެއް ކަމެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ ޓެބްލޮއިޑް ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި ޕްރިޔަންކާ އަދި ނިކް އަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ. ބައެއް މީޑިއާތަކުން ބުނި ގޮތުގައި މިދެމަފިރިންނަށް އަންހެން ކުއްޖަކު ލިބިފައިވަނީ މިދިޔަ ހޮނިހިރި ދުވަހުއެވެ.

މިދިޔަ ނޮވެމްބަރުމަހު ނެޓްފްލިކްސް އިން ގެނެސްދިން ''ޖޯނާސް ބްރަދާސް ފެމިލީ ރޯސްޓް''ގައި ޕްރިޔަންކާ ވަނީ މިކަމަށް ކޮންމެވެސް ވަރެއްގެ އިޝާރާތެއް މަޖަލުގެ ތެރެއިން ކޮށްފައެވެ. ޕްރިޔަންކާ އަދި ނިކް އަށް ދަރިޔަކު ލިބުނު ކަން އިއުލާނުކުރުމާއެކު ގިނަބަޔަކު އަންނަނީ އެ ޝޯގައި ޕްރިޔަންކާ ދެއްކި ވާހަކަތަކާ ގުޅުވައި އެކަން ފާހަގަކުރަމުންނެވެ.

ޕްރިޔަންކާ އަދި ނިކް ޖޯނަސް އަށް ދަރިޔަކު ލިބުނު ހަބަރު ހިއްސާކުރުމާއެކު ހޮލީވުޑް އަދި ބޮލީވުޑްގެ ގިނަ ތަރީން އަންނަނީ މި ދެމަފިރީންނަށް މަރުހަބާ ކިޔަމުންނެވެ.