އދ. ދިގުރަށުގައި ކަރަންޓުގެ ހިދުމަތް ފުޅާކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އެރަށަށް ފޮނުވި ޖަނަރޭޓަރު ބޭނުންކުރަން ފަށައިފިއެވެ.
ސްޓެލްކޯ އިން މިއަދު ބުނީ ދިގުރަށުގެ ކަރަންޓުގެ ހިދުމަތް ފުޅާކުރުމަށް އެރަށަށް ފޮނުވި އާ ޖަނަރޭޓަރުސެޓް ކޮމިޝަންކުރެވި އިއްޔެ ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އަދި އާ ޖަނަރޭޓަރާއެކު ދިގުރަށުގައި ކަރަންޓު ކެޕޭސިޓީ 918 ކިލޯވޯޓުން 1،518 ކިލޯވޯޓަށް އިތުރުކުރެވިފައިވާ ކަމަށެވެ.
ދިގުރަށަށް ގެންދިޔަ ޖަނަރޭޓަރަކީ ސްޓެލްކޯގެ ސްޓެވޯ ވޯކްޝޮޕުން އެސަމްބަލްކޮށްފައިވާ އެ ކުންފުނީގެ އެސްޓީޑަބްލިޔު 600ގެ ޖަނަރޭޓަރު ސެޓެކެވެ.
އެ ޖަނަރޭޓަރު ރަސްމީކޮށް ބޭނުންކުރަން ފެށުމުން ފުރަތަމަ ފަހަރަށް ލޯޑު ދެއްވީ ދިގުރަށު ކައުންސިލުގެ ނައިބު ރައީސް އިބްރާހީމް އަބްދުއްރަހީމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު