ރިސޯޓުތަކުންވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، މޮނިޓަރިންގައި 40 ރިސޯޓެއް އޮތް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ކުރިއަށްދާ އިރު، ޓޫރިޒަމް މިނިސްޓްރީން "ވަން" އާ ހިއްސާކުރި މައުލޫމާތަށް ބަލާއިރު، މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮޕަރޭޝަންގައި އޮތް 40 ރިސޯޓާއި އޮޕަރޭޝަނަށް އަދި ގެނެސްފައިވާ ނުވާ އެއް ރިސޯޓެއް ހިމެނެ އެވެ. އެއީ ކ. ކޮއްދިއްޕަރު ފިނޮޅުގައި ތަރައްގީ ކުރާ އަމީންގިރި ރިސޯޓެވެ.

  • 1- ތާޖް ކޮރަލް ރީފް
  • 2- ފުރަވެރި މޯލްޑިވްސް
  • 3- ސިނަމޮން ހަކުރާ ހުރާ
  • 4- ޕަޓީނާ މޯލްޑިވްސް، ފަރި ވެލި ހުރާ
  • 5- ދަ ރިޓްޒް ކާލްޓަން، ފަރި ކަނޑު ހުރާ
  • 6- ކެމްޕަސް އައިލެންޑް ފަރި އިރު ހުރާ
  • 7- މިރިހި އައިލެންޑް ރިސޯޓް
  • 8- ކަނޑިންމަ މޯލްޑިވްސް
  • 9- އަދާރަން ސިލެކްޓް ހުދުރަންފުށި
  • 10- މާފުށިވަރު
  • 11- ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓް
  • 12- ދިގަލި މޯލްޑިވްސް
  • 13- ރޮބިންސަން ކްލަބް މޯލްޑިވްސް
  • 14- އަދާރަން ސިލެކްޓް މީދުއްޕާރު
  • 15- ކިހާ މޯލްޑިވްސް
  • 16- ޝެރެޓަން މޯލްޑިވްސް
  • 17- ވެލައްސަރު
  • 18- އަޔާޑާ މޯލްޑިވްސް
  • 19- ބެގްލިއޯނީ ރިސޯޓް މޯލްޑިވްސް
  • 20- ސިއްރުފެންފުށި
  • 21- ރެޑިސަން ބްލޫ
  • 22- ސަން އައިލެންޑް
  • 23- ރަ ރެސިޑެންސް މޯލްޑިވްސް އެޓް ދިގުރަށް
  • 24- ވަލްޑޯފް އެސްޓޯރިއާ
  • 25- ޕުލްމަން މޯލްޑިވްސް މާމުތާ
  • 26- ޕެރެޑައިސް އައިލެންޑް ރިސޯޓް
  • 27- ސެންޓާރާ ރަސްފުށި
  • 28- ސޭންޑީސް ބަަތަލާ
  • 29- ނިޔާމަ
  • 30- ރިއު އެޓޯލް އެންޑް ރިއު ޕްލޭސް މޯލްޑިވްސް
  • 31- މެދުފުށި
  • 32- ގިލިލަންކަންފުށި
  • 33- އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަން
  • 34- ކުރަމަތި ޓޫރިސްޓް ރިސޯޓް
  • 35- ކޮންރަޑް މޯލްޑިވްސް
  • 36- ލަކްސް ސައުތް
  • 37- ޖުމެއިރާ މޯލްޑިވްސް
  • 38- ރެފްލްސް މެރަދޫ
  • 39- ޑަބްލިޔު މޯލްޑިވްސް
  • 40- ގަންޖެހި އައިލެންޑް މޯލްޑިވްސް

މި ރިސޯޓްތަކުގެ ތެރެއިން 28 ރިސޯޓެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މިމަހުގެ ތެރޭގައެވެ. އަދި އިއްޔެ އެކަނިވެސް ތިން ރިސޯޓެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ހިއްސާކުރި މައުލޫމާތަށް ބަލައި އިރު، މިވަގުތު ފަސް ސަފަރީއެއްވެސް މޮނީޓަރިންގައި އެބަ އޮތެވެ. އެ ހުރިހާ ސަފާރީއެއްވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މިމަހުގެ ތެރޭގައެވެ.