މުނިފޫހިފިލުވުން

''ޕުޝްޕާ''ގެ 3 މިނެޓުގެ ވީޑިއޯ ލަވަ ސަމަންތާ ކުޅެދީފައިވަނީ ބޮޑު އަގަކަށް

''ޕުޝްޕާ''ގެ 3 މިނިޓުގެ ވީޑިއޯ ލަވަ ސަމަންތާ ރުތު ޕްރަބޫ ކުޅެދީފައިވަނީ 5 ކުރޯރު އިންޑިއާ ރުޕީސްގެ ބޮޑު އަގަކަށެވެ.

''ޕުޝްޕާ''ގެ އައިޓަމް ލަވަ ''އޫ އުންތަވާ'' އަށް އަންނަނީ ބޮޑު މަގުބޫލުކަމެއް ލިބެމުންނެވެ. މި ލަވަ ކުޅެދިނުމަށް ބޮޑު އަގެއް ކިޔާފައިވީނަމަވެސް ލަވަ ކުޅެދިނުމަށް ސަމަންތާ އެއްބަސްކުރުވާފައިވަނީ ވަރަށް ގިނަފަހަރަށް ވާހަކަ ދައްކައިގެންކަމަށާއި އެކަމަށް އެއްބަސް ކުރުވަން އެންމެފަހުން ފިލްމުގެ ހީރޯ އައްލޫ އަރްޖުން ވަކިން އޭނާ ގާތަށް ގޮސް އެދުނުކަމަށް ހަބަރުތައް ބުނެއެވެ.

އައްލޫގެ އާއިލާއާއި ސަމަންތާގެ ކުރީގެ ފިރިމީހާ ނަގާގެ އާއިލާ އަކީ ފިލްމު އިންޑަސްޓްރީގައި ދެ ހަތުރުންނެވެ. ސަމަންތާ އަދި ނަގާ ޗައިތަންޔާ އަކިނޭނީގެ ގުޅުން ނިމުމަކަށް އައިސްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. މި ސަބަބަށްޓަކައިވެސް ފިލްމުގެ ޕްރޮޑިއުސަރުން މި ފިލްމުގެ މަންޒަރެއްގައި ސަމަންތާ ހިމަނަން ބޭނުންވީކަމަށް ވެދާނެކަމަށް ހަބަރުތައް ބުނެއެވެ.

ދެކުނު ފިލްމު އިންޑަސްޓްރީގެ ކާމިޔާބު ބަތަލާ ސަމަންތާއަށް މިދިޔަ އަހަރަކީ ބޮލީވުޑްގައިވެސް ކާމިޔާބު އަހަރަކެވެ. މަނޯޖް ބަޗްޕާއީއާއެކު އޭނާ ކުޅެފައިވާ ވެބް ސީރީސް ''ފެމިލީ މޭން 1'' އަދި ''ފެމިލީ މޭން 2'' ގައި އޭނާގެ ހުށަހެޅުން ގިނަބަޔަކު ވަނީ ބަލައިގެންފައެވެ.