އިންޑިއާއާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީއިން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތާ ގުޅިގެން ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރަން ޖެހޭކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު، ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފް މިހެން ވިދާޅުވީ، ފޯކައިދޫގައި ރޭ ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަލްސާގައި، ވާހަކަދައްކަވަމުންނެވެ.
ހަސަން ލަތީފް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ.
އިންޑިއާ އަކީ އަބަދުވެސް ރާއްޖެއަށް އެހީވެދޭ ގައުމެއް ކަމަށާއި، ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް އިންޑިއާގައި ދިރިއުޅޭކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
އިންޑިއާ ޓީޗަރުންނާއި މަސައްކަތްތެރިންނާ ދެކޮޅަށް އެ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ރާއްޖޭގައި މިހާރު އެމީހުންނާ ކުރިމަތިލަމުން ދާކަމަށް ވެސް ހަސަން ލަތީފު ވިދާޅުވިއެވެ. މިއީ ބިރުވެރި ކަމެއް ކަމަށާއި މިކަމުގެ ޒިންމާ ރައީސް ޔާމީން ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ހަސަން ލަތީފު ވިދާޅުވީ މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލެއް ވަޒަން ކޮށްލަން ވެސް ނޭނގޭނެ ކަމަށެވެ. ދިވެހިންނާ މެދު ވިސްނައި ދިވެހިންނަށް ކުޑަ ވެސް ވަރަކަށް އަޅާލާ މީހެއްނަމަ މިފަދަ ކަންކަން ކުރަން ފަސްޖެހޭނެކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު