ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ހދ. ހަނިމާދޫ އާއި ރ. އުނގޫފާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ ދެރަށްވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިރޭގެ ވަގުތެއްގައެވެ.
ހަނިމާދޫ ކައުންސިލްގެ އެސިސްޓަންޓް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް އަލީ "ވަން" އަށް މިރޭ ވިދާޅުވީ އެރަށުން ފުރަތަމަ ޕޮޒިޓިވްވީ ޓޫރިސްޓަކާއި އޭނާގެ ކޮންޓެކްޓުން ކަމަށެވެ.
އޭނާ ވިދާޅުވީ އެރަށުން މިހާތަނަށް 41 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ 40 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހުނު ފަހުން ކަމަށެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އިބްރާހިމް ޒަޔާން "ވަން" އަށް މިރޭ ވިދާޅުވީ އެރަށުން މިހާތަނަށް 40 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ، އަލާމާތްތައް ހުރެގެން މީގެ ތިން ދުވަސް ކުރިން ފުލޫ ކްލިނިކަށް ދެއްކި ފިރިހެނެއް ކަމަށެވެ.
"ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަޅުގަނޑުމެން މިހާރު ކުރަމުން މިދަނީ،" ޒަޔާން ވިދާޅުވިއެވެ.
ހަނިމާދޫ އާއި އުނގޫފާރާއެކު ރާއްޖޭގެ 13 ރަށެއް މިވަގުތު މޮނީޓަރިންގެ ހާލަތުގައި އެބައޮތެވެ.
ޚަބަރު
ޚަބަރު
ޚަބަރު