ލޯއެންފޯސްމަންޓް ޔުނީފޯމް ބޮޑީޒްތަކުގައި (ގާނޫނު ތަންފީޒު ކުރާ، ޔުނީފޯމު ލީ މުވައްޒަފުން) އަށް ޕާސްޕޯޓް ދޫކުރުމަށް ވަކިން ހާއްސަ ކައުންޓަރެއް ހަދައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ، ލޯއެންފޯސްމަންޓް ޔުނީފޯމް ބޮޑީޒްތަކުގެ މުވައްޒަފުންނަށް ޕާސްޕޯޓް ދޫކުރަން ހާއްސަ ކައުންޓަރެއް ހަމަޖެއްސީ، އެ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށެވެ.
ޑިއުޓީ ގަޑީގައި އެ މުވައްޒަފުން ހޭދަކުރާ ވަގުތަކީ ރައްޔިތުންނާ ގުޅުން ހުރި ނާޒުކު އަދި މުހިންމު މަސައްކަތްތަކެއް ކުރުމުގައި އަވަދިނެތި އުޅޭ މީހުންކަމުގައި ވުމުން، އެފަރާތްތަކުން ޕާސްޕޯޓް ހިދުމަތް ހޯދުމަށް ލުއި ގޮތްތަކެއް ހަމަޖެއްސުމުގެ ބޭނުމުގައި ކަމަށްވެސް ބުންޏެވެ.
އިމިގްރޭޝަނުން ބުނީ، އެތަންތަނުގެ މުވައްޒަފުން އޮންލައިންކޮށް ޕާސްޕޯޓު ހެއްދުމުގެ މަރުހަލާ ނިންމުމަށްފަހު، ޕާސްޕޯޓް ބަލައި އެ އިދާރާއަށް ހާޒިރުވާ އިރު، އޮފީސް ކާޑު ހިފައިގެން ދިއުމަށް އެދޭ ކަމަށެވެ.