ކޮވިޑުގައި އިތުރު މީހަކު މަރުވެ ރާއްޖެއިން އެ ބަލީގައި މަރުވި މީހުންގެ އަދަދު 265 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް ޖެހިގެން މަރުވީ، 37 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށެވެ. އޭނާ އައްޑޫ ސިޓީ ފޭދޫ ސިއްހީ މަރުކަޒަށް މިއަދު ހެނދުނު 8:00 ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށާއި އޭނާގެ މަރަކީ ކޮވިޑު މަރެއް ކަމަށްވެސް ބުންޏެވެ.
މި މަރާއެކު ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު ވަނީ 265 އަށް އަރައިފައެވެ. މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 247 ދިވެހީންނާއި 18 ބިދޭސީންނެވެ.
މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު