ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރުގެ ސުލޫކީ މައްސަލައެއް ބާ ކައުންސިލުުން ބަލަން ނިންމައިފިއެވެ.
ބާ ކައުންސިލުން މިއަދު ބުނީ، ކ.މަހާނައެޅި ހުރާގައި ހިންގަމުންދާ ރިހިވެލި ބީޗް ރިސޯޓާ ގުޅިގެން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ހިމެނޭ ސޭވް ދަ ޑްރީމްސް މޯލްޑިވްސްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އައްޔަންވެ ހުރެ އެ މައްސަލައިގެ އަޑުއެހުންތައް ތާވަލުކުރެވޭ ގޮތާ ހަވާލާދީ ސޯޝަލްމީޑިއާގައި ވާހަކަދައްކައި އެ މައްސަލަ ބައްލަވާ ގާޒީ ޓެގު ކުރައްވައި މައްސަލައާ ގުޅުންހުރި ވާހަކަތައް ނާޒިމް ދައްކަވަމުން ގެންދާ މައްސަލައެއް އެ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.
ނާޒިމްގެ އެ އަމަލުތަކަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގާ އަމަލުތަކެއް ކަމަށްބުނެ އެއީ ގާނޫނީ ވަކީލުން އަމަލު ކުރަންޖެހޭ ސުލޫކާ ހިލާފު އަމަލުތަކެއް ކަމަށްބުނެ އެ މައްސަލަ ބާ ކައުންސިލަށް ހުށަހެޅުއްވީ، މާހަލްޓުއާޒްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިހާމް ކަމަށްވެސް ބާ ކައުންސިލުން ބުނެފައިވެއެވެ.
އެ މައްސަލަ ބެލުމަށްޓަކައި އެ ޝަކުވާއާ ގުޅިގެން ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއި ހެކިންގެ މައުލޫމާތު މިމަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން ކައުންސިލަށް ހުށަހެޅުމަށް ޝަކުވާ ހުށަހެޅި ފަރާތަށް އަންގާފައިވާ ކަމަށްވެސް ބާ ކައުންސިލުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު