ދުވަސްވެ ބާވެފައިވާ ހުރަވީ ބިލްޑިން ތަޅާލައި އެތަނުގައި ޕާކަކާއެކު ޕާކިން ޒޯނެއް ތަރައްގީކުރަން މަޝްވަރާތައް ކުރަމުންދާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު "ވަން" އަށް ވިދާޅުވީ ހުރަވީ ބިލްޑިން ތަޅާލުމުގެ ޕްލޭނަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި އެ އިމާރާތް ތަޅާލުމަށް ފަހު ޕާކިން ޒޯންތަކާއެކު ޕާކެއް ތަރައްގީކުރުމަށް ޕްލޭން ކޮށްފައިވާ ކަމަށެވެ.
ހުރަވީ ބިލްޑިންގަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގެ ކުރީކޮޅު އެޅި އޮފީސް އިމާރާތެކެވެ. ހުރަވީ ބިލްޑިންގ ހުސްކޮށް، އެތަނުގައި ހުރި ސަރުކާރުގެ އިދާރާތައް އެހެން ތަނަކަށް ބަދަލުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައިވެސް ނިންމިއެވެ.
ނަމަވެސް އެ އިމާރާތުގައި ހިންގަމުން ގެންދިޔަ ސަރުކާރުގެ އޮފީސްތައް ބަދަލުކުރާނެ ތަނެއް ނެތުމުގު ސަބަބުން އިމާރާތުގައި ބާވެ ވެއްޓިދާނެކަމުގެ ބިރު ހީވެފައިވާ ތަންތަން މަރާމާތުކޮށްގެން ސަރުކާރުން އައީ އެ އިމާރާތް ބޭނުން ކުރަމުންނެވެ.
އިމާރާތް ބާވެގެން ގޮސް 2019 ވަނަ އަހަރުގެ އެ އިމާރާތުގެ ބެލްކަނިން ބައެއް މަގުމައްޗަށް ވެއްޓި، ޕާކުކޮށްފައި ހުރި ސައިކަލުތަކަކަށްވެސް ގެއްލުން ލިބުނެވެ.
ޚަބަރު
ޚަބަރު
ޚަބަރު