އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ގްރޫޕް އީގައި ކުޅުނު ފުރަތަމަ މެޗުގައި ސިއެރާ ލެއޯންއިން އެންމެފަހުގެ ޗެމްޕިއަން އަލްޖީރިއާ ހިފަހައްޓައިފިއެވެ.
ކެމަރޫންގެ ޑޮއޫލާ އޮމްނި ސްޕޯޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނު އިރު، މިއީ 1996 ވަނަ އަހަރަށްފަހު ސިއެރާ ލެއޯންއިން އެފްކޮން މެޗެއްގައި ހޯދި ފުރަތަމަ ކްލީން ޝީޓެވެ. ތަރިންނާއެކު މެޗަށް ނުކުތް އަލްޖީރިއާއަށް މިއީ މާޔޫސީ ފެށުމެކެވެ.
އަލްޖީރިއާގެ ވަރުގަދަ އެޓޭކް ލައިނުން އިސްލާމް ސްލިމާނީ، ޔަސީން ބްރަހީމީގެ އިތުރުން ރިޔާދު މަހަރޭޒް އަދި ސޮފިއާން ފިގުހޯލީ ފަދަ ކުޅުންތެރިން ފެނިގެން ދިޔަ އިރު، އެ އެޓޭކް ހުއްޓުވަން އެންމެ މުހިއްމު ރޯލެއް އަދާކުރީ ސިއެރާ ލިއޯންގެ ގޯލްކީޕަރު މުހައްމަދު ބާލީ ކަމާރާއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ސިއެރާ ލެއޯންގެ އަލްހާޖީ ކަމާރާގެ ދެ ހަމަލާއެއް ގޯލު ކައިރިން ބޭރަށް ދިޔަ އިރު، ދެވަނަ ހާފުގައި އަލްޖީރިއާއިން ވަނީ ގިނަ އެޓޭކްތަކެއް ކޮށްފައެވެ. ޔަސީން ބްރަހީމީގެ ހަމަލާއެއްގެ އިތުރުން މަހަރޭޒް ތިރިތިރިން ޖެހި ބޯޅަވެސް ގޯލްކީޕަރު ބާލީ ކަމާރާ މަތަކޮށް ބޭރުކޮށްލި އިރު، މެޗު ނިމިނިމި އޮއްވައި އަލްޖީރިއާގެ ރެމީ ބެންސެންބައިނީ އާއި ބަގްދާން ބޮނޭޖާހް ޖެހި ބޯޅަތައްވެސް މަތަކުރީ ސިއެރާ ލިއޯންގެ ގޯލްކީޕަރެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ސިއެރާ ލެއޯންގެ ގޯލްކީޕަރު ހޮވުނު އިރު، މިރޭގެ މެޗުގައި ކުރިން އިންގްލެންޑަށް ކުޅުނު ޑިފެންޑަރު ސްޓެވަން ކޯލޫކާ ވަނީ ސިއެރާ ލެއޯންގެ ޖާޒީގައި ފެނިފައެވެ. އިންގްލެންޑުގެ ޒުވާން ޓީމުތަކަށް ކުޅުމަށްފަހު ކޯލޫކާ، އޭނާ އުފަން ގައުމު ސިއެރާ ލެއޯން ގައުމީ ޓީމަށް ބަދަލުކުރީ ދާދި ފަހުންނެވެ.
21:00 ނައިޖީރިއާ - މިސްރު
00:00 ސޫދާން - ގީނީ-ބިސާއޫ
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން