ލައިފް ސްޓައިލް

ދުނިޔޭގެ އެންމެ ބާރުގަދަ އަންހެން ކުއްޖާ: އަތުން ތަޅައި ގަހެއް ބިމާ ހަމަކޮށްލުމަކީ މިކުއްޖާއަށް އާދައިގެ ކަމެއް

2

އުމުރުން 12 އަހަރުގެ އެވްނިކާ ސާޑްވަކަސް މަޝްހޫރުވެފައިވަނީ ދުނިޔޭގެ އެންމެ ބާރު ގަދަ އަންހެން ކުއްޖާގެ ގޮތުގައެވެ.

ބޮކްސިންގެ ތަމްރީނު ހޯދަމުން އަންނަ މި ކުއްޖާއަށް ބިމަށް ހަރުލާފައިހުރި ގަހެއް އަތުން ތަޅައި ވައްޓާލުމަކީ އެއްވެސް ކަމެއް ނޫނެވެ. އަދި ދަގަނޑު ދޮރުފަތެއް ލަންބާލުމަކީވެސް އޭނާއަށް އުނދަގޫ ކަމެއް ނޫނެވެ. ރަޝިއާއަށް އުފަން އެވްނިކާސް އަށް އޭނާގެ ބައްޕަ ރަސްޓްރަމް ސާޑްވަކަސް އަންނަނީ ވަރަށް ތުއްތު އިރުން ފެށިގެން ބޮކްސިންގެ ތަމްރީން ދެމުންނެވެ.

މީގެ 5 އަހަރު ކުރިން އާއްމުވި ވީޑިއޯއަކާއެކު އެވްނިކާސް އަށް ވަނީ މީސް މީޑިއާގައި ބޮޑު މަގުބޫލުކަމެއް ލިބެން ފަށާފައެވެ. އެ ވީޑިއޯގައި އުމުރުން އެންމެ 8 އަހަރުގައި އެވްނިކާސް މިނިޓަކަށް ވުރެ މަދު ވަގުތުކޮޅެއްގެ ތެރޭގައި 100 ޕަންޗު އުކާތަން ފެނި ގިނަ ބަޔަކު ވަނީ ޝައުގުވެރިކުރުވާފައެވެ.

ދަރިފުޅުގެ ހުނަރު ފެނި ރަސްޓްރަމް ވަނީ އޭނާއަށް ފުރިހަމަ ތަމްރީނު ދިނުމަށް ވަގުތު ހުސްކޮށްފައެވެ. މިހާރު އުމުރުން 12 އަހަރުވެފައިވާއިރު އެވްނިކާ ކޮންމެ ހަފުތާއެއްގެ 5 ދުވަހު ގަވާއިދުން ތަމްރީނު ކުރަމުން ދިއުމުގެ ނަތީޖާގެ ސަބަބުން، އޭނާގެ ހުނަރު ތަރައްގީ ވެ އިތުރަށް ވަނީ ވަރުގަދަ ވެފައެވެ.

ދަ ސަން އިން އާއްމުކޮށްފައިވާ ޓުވީޓެއްގައި އެވްނިކާސް ގަހެއް ވައްޓާލާ ވީޑިއޯއެއް---

މީޑިއާއަށް ދިން އިންޓަވިއުއެއްގައި ރަސްޓްރަމް ބުނެފައިވަނީ އެވްނިކާގެ ހުނަރު އޭނާއަށް އެންމެ ފުރަތަމަ ފާހަގަކުރެވުނީ އެހެން ކުދިންވެސް ތަމްރީން ކުރަމުން ދިއުމުގެ ތެރެއިން ކަމަށެވެ. އެވްނިކާއަށް ވުރެ އުމުރުން މާ ދޮށީ ކުދިންނަށް ހާއްސަކުރި ތަމްރީނުތައް އެވްނިކާ ފަސޭހަ ކަމާއެކު ހަދާކަން ފާހަގަކުރެވުނުކަމަށާއި އޭގެ ފަހުން ދަރިފުޅުގެ މި ހާއްސަ ހުނަރު ހުރިކަން އެނގިގެން ވަކިން ތަމްރީނުކުރަމުން އަންނަކަމުގައި އޭނާ ވަނީ ބުނެފައެވެ.