އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ގްރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗުގައި ސެނެގާލްއިން ޒިންބާބުވޭ ބަލިކޮށްފިއެވެ.
ބަފޯސަމް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ސެނެގާލްއިން 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާ އިރު، މެޗުގައި ފެނުނު ގޯލަކީ ފަހު މިނެޓުގައި ލިވަޕޫލްގެ ސަޑިއޯ މާނޭ ކާމިޔާބުކޮށްދިން ޕެނަލްޓީއެކެވެ. އެންމެފަހުން 2019 ވަނަ އަހަރު އޮތް އެފްކޮންގެ ރަނަރަޕްކަން ހޯދި ސެނެގާލުން މިފަހަރު މުބާރާތަށް ނުކުތީ ފެވަރިޓެއްގެ ގޮތުގައެވެ.
އެފްކޮންއަށް ދިޔަ އިރު، ސެނެގާލްއަކީ ފީފާ ރޭންކިންގައިވެސް އެންމެ މަތީގައި އޮތް ގައުމެވެ. މިދިޔަ ތިން އަހަރުވެސް އެފްރިކާގެ ގައުމުތަކުގެ ފީފާ ރޭންކިންގެ އެއްވަނައިގައި އޮތީ ސެނެގާލްއެވެ. ރަނގަޅު ފޯމެއްގައި އޮވެ މުބާރާތަށް ނުކުންނަން ސެނެގާލްއިން ތައްޔާރުވި ނަމަވެސް ފަހު ވަގުތު އެޓީމަށް ވަނީ ކޮވިޑް 19ގެ އިތުރުން އަނިޔާގެ މައްސަލަތަކާ ކުރިމަތިވެފައެވެ. 28 ކުޅުންތެރިންގެ ސްކޮޑަކުން މިއަދުގެ މެޗަށް ކޯޗު އަލޫ ސީސީ ނެގީ 17 ކުޅުންތެރިންނެވެ. އަނެއް ކުޅުންތެރިން ތިބީ ކޮވިޑުގައި އެކަހެރިވެ، ނޫނީ އަނިޔާގައެވެ.
ކޮވިޑުގެ ސަބަބުން މިރޭގެ މެޗު، ސެނެގާލްގެ ކެޕްޓަން، ނަޕޯލީގެ ކަލިޑޫ ކުލިބާލީއާއި ޗެލްސީގެ އެއް ނަންބަރު ގޯލްކީޕަރު އެޑުއާޑް މެންޑީއަށްވެސް ވަނީ ގެއްލިފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ސެނެގާލްއިން ތިން ހަމަލާއެއް އުފެއްދި ނަމަވެސް އެޓީމު ފެނުނީ އެންމެ ރަނގަޅު ފޯމުގައެއް ނޫނެވެ. މާނޭގެ ހަމަލާއަކާއެކު އިތުރު ދެ ހަމަލާއެއް ޒިންބާބުވޭގެ ގޯލްކީޕަރު ޕެޓްރޯސް ހާރީ ފުރަތަމަ ހާފުގައި މަތަކޮށްފައިވާ އިރު، ދެވަނަ ހާފުގައިވެސް ސެނެގާލް ފެނުނީ އާދައިގެ ކޮށެވެ.
މަޑު ރާގެއްގައި މެޗުގެ ކުޅުން ގޮސް ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ސެނެގާލްއަށް ޕެނަލްޓީ ލިބުނީ އޭރިއާ ތެރެއިން ޒިންބާބުވޭގެ ކެލްވިން މަޑްޒޮންގްވޭ އަތުގައި ބޯޅަ ޖެހުމުންނެވެ. ކެލްވިން އަތުގައި ޖެހުނީ ބެންޗުން ކުޅުން ނުކުތް ޕަޕޭ ގޫޔޭ ޖެހި ބޯޅައެކެވެ. މެޗުގެ 97 ވަނަ މިނެޓުގައި ޕެނަލްޓީ ކާމިޔާބުކޮށް ސެނެގާލް ސަލާމަތްކޮށްދިނީ ލިވަޕޫލްގެ މާނޭއެވެ.
21:00 ގިއުނީ - މަލާވީ
21:00 މޮރޮކޯ - ގާނާ
00:00 ކޮމޮރޯސް - ގެބޮން
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން