މޯލްޑިވިއަން އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން އުފެއްދި މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ (އެމްއޭއޭ)ގެ ކިޔެވުން މިއަދު ފަށައިފިއެވެ.
އެމްއޭއޭ އިން ބުނީ، ސްކޫލުގެ ދަރިވަރުންނަށް މިއަދު ކިޔަވައިދޭނީ ސްޓޭޓް އޮފް ދަ އާޓް ލާނިން މޭނޭޖްމެންޓް ސިސްޓަމް (އެލްއެމްއެސް) މެދުވެރިކޮށް ކަމަށާއި އެލްއެމްއެސް ބޭނުންކޮށްގެން ކޯސް ކުރިއަށްގެންދިއުމަށް ސިވިލް އެވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ވެސް ހުއްދަ ދީފައިވާ ކަމަށެވެ. ފްލައިން ސްކޫލުގެ ރިފްރެޝާ ޕްރޮގްރާމުގެ ފުރަތަމަ ބެޗްގެ ކިޔެވުން 35 ދަރިވަރުންނާއެކު ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ.
އެ ޕޮރޮގްރާމުގައި 150 ގަޑިއިރުގެ ތިއަރީ ކްލާހާއި ދިހަ ގަޑިއިރުގެ ފްލައިން ކުރިއަށް ގެންދާނެއެވެ. ތިއަރީ ކްލާސްތައް ކުރިއަށްގެންދަން ނިންމާފައިވަނީ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް މެންފުރު ފަހު 1:00 އިން ހަވީރު 6:00 އަށެވެ. ފްލައިންތައް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ރިފްރެޝާ ޕްރޮގްރާމުގައި ދަރިވަރުންގެ ފެންވަރު ބަލައި ވަޒަން ކުރުމަށްފަހުއެވެ.
އެމްއޭއޭ އިން ކޮންމެ އަހަރަކު 80 ކުދިންނަށް ޖާގަ ދޭން ނިންމާފައިވާ އިރު، ފުރަތަމަ ބެޗުން ޖާގަ ދިނުމުގައި އިސްކަން ދީފައިވަނީ އެކި ސަބަބުތަކާ ހުރެ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނަށެވެ.
އެމްއޭއޭގެ ނަމުގައި ހަދާފައިވާ ފްލައިން ސްކޫލު ރަސްމީކޮށް އިފްތިތާހުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އެމްއޭއޭގެ ކޯސްތައް ހިންގުމުގައި އިސްކޮށް ހަރާކާތްރިވާނީ ޗެކް ރިޕަބްލިކްގެ ޕްލައިން ސްކޫލެއް ކަމަށްވާ ފްލައިން އެކެޑަމީންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު