މާލެ ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި އުޅޭ ބުޅާތައް ގެންގުޅޭނެ ފެސިލިޓީއެއް އަމިއްލަ ތަކެތީގައި ހަދައި ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު މާލެ ސިޓީ ކައުންސިލުން އިތުރުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ، ބުޅަލުގެ މައްސަލައަކީ މިހާރު މާލެއަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި އެކަމުގެ ސަބަބުން ބަލިތައް ފެތުރި މާލެ ނަޖިސްވަމުންދާ ކަމަށް ވިދާޅުވެފައެވެ.
ބުޅަލަށް ހާއްސަ ފެސިލިޓީއެއް ގާއިމުކުރާނެ ބަޔަކު ހޯދަން އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. ނަމަވެސް އެކަމަށް މާބޮޑު ތަރުހީބެއް ލިބިފައިނުވާތީ އެކަމަށް ކުރިމަތިލާނެ މުއްދަތު މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް ވަނީ އިތުރުކޮށްފައެވެ.
މާލެ ސިޓި ކައުންސިލުން ބުނީ، ބުޅާ ފެސިލިޓީގެ ކުލި ދައްކާނީ މާލޭ ސިޓީ ކައުންސިލުން ކަމަށެވެ. އަދި ފެސިލިޓީ ހެދުުމުގެ ބީލަމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު