''ޕުޝްޕާ''ގެ ކާމިޔާބަށްފަހު ފިލްމު ކުޅެދޭ އަގު ދެކުނު އިންޑިއާގެ ބަތަލާ ރަޝްމިކާ މަންދަނާ ބޮޑުކޮށްފިއެވެ.
އައްލޫ އަރްޖުން އަދި ރަޝްމިކާ އެކުގައި ކުޅެފައިވާ ''ޕުޝްޕާ: ދަ ރައިސް'' ބޮކްސް އޮފީހުގައި ރަނގަޅު އާމްދަނީއެއް ހޯދަމުން އަންނައިރު އެ ފިލްމުގެ ބަތަލާ ރަޝްމިކާ ފިލްމު ކުޅެދީފައިވަނީ ދެ ކުރޯޑް އިންޑިއާ ރުޕީސްއަށެވެ. އެ ފިލްމުގެ ކާމިޔާބީއަށްފަހު ދެވަނަ ބައި ''ޕުޝްޕާ: ދަ ރޫލް'' ކުޅެދޭ އަގު ރަޝްމިކާ މިހާރު ވަނީ 3 ކުރޯޑް ރުޕީސް އަށް ބޮޑުކުރުމަށް ނިންމާފައިކަމުގައި މީޑިއާ ހަބަރުތައް ބުނެއެވެ.
ފިލްމުގެ ޑައިރެކްޓަރު ސުކުމަރު މީގެ ކުރިން ޔަގީންކޮށްދީފައިވާގޮތުގައި ފިލްމުގެ ދެވަނަ ބައިގެ މަސައްކަތްތައް އަންނަމަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފިލްމުގެ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ނިންމައި އަހަރުގެ ފަހުކޮޅު ސްކްރީނަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
ދެކުނު އިންޑިއާގެ ތަރި ރަޝްމިކާގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި ބޮލީވުޑް މަސައްކަތްތަކެއްވެސް އެބަހުއްޓެވެ. އޭނާގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި ''ގުޑްބާއި'' އަދި ސިދާތު މަލްހޯތުރާއާއެކު ކުޅުމަށް ހަމަޖެހިފައިވާ ''މިޝަން މަޖްނޫ'' ހިމެނޭއިރު ރަޝްމިކާ އަންނަނީ މުމްބާއީ އަށް ބަދަލުވުމުގެ މަސައްކަތްވެސް ކުރަމުން ކަމަށާއި މުމްބާއީ އިން އޭނާ ދިރިއުޅެން ފްލެޓެއް ގަނެފައިވާ ކަމުގައި ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން