ރާއްޖޭގައި އަޅާ ފުރަތަމަ ޖޫނިއާ ކޮލެޖް ހއ. ދިއްދޫގައި އިމަރާތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.
ދިއްދޫގައި ޖޫނިއާ ކޮލެޖެއް އެޅުމަކީ ރައީސުލްހުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިދިޔަ އަހަރާއި މިއަހަރުގެ ބަޖެޓުގައިވެސް ހިމަނާފައިވެއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ ފިނޭންސް މިނިސްޓްރީން ބުނީ ޖޫނިއާ ކޮލެޖް އެޅުމަށް ހުޅުވާލި ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު"ގައިވާ ގޮތުގެ މަތިން ރެޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.
މިނިސްޓްރީން ބުނީ ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށާއި ފައިސާ ބަލައިގަންނާނީ މިމަހުގެ ނުވަ ވަނަ ދުވަހުން 27 ވަނަ ދުވަހަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށް ކަމަށެވެ.
އެ މަޝްރޫއުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 125,000 ރުފިޔާ ނުވަތަ އެއަދަދާ އެއްވަރު އަދަދެއް އެމެރިކާ ޑޮލަރުން ހުށަހަޅަން ޖެހޭނެ ކަމަށްވެސް އިއުލާނުގައިވެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.
އެ މަޝްރޫއުގެ ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖޫނިއާ ކޮލެޖް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 30،000 އަކަފޫޓްގެ ޖާގައިގައި ކަމަށެވެ. މިނިސްޓްރީން ބުނީ ދިއްދޫ ޖޫނިއާ ކޮލެޖު ހާއްސަ ކުރާނީ ފުޑް ޕްރޮސެސިން އަދި ފިޝަރީޒް ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށް ކަމަށެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރު މީގެ ކުރިން ބުނެފައިވާ ގޮތުގައި ދިއްދޫ ޖޫނިއާ ކޮލެޖުގައި އަންނަ އަހަރު ކިޔަވައިދޭން ފެށޭވަރުވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު