ޓްރާންސްޕޯޓް މިނިސްޓްރީން ކޯލް ސެންޓަރެއް ގާއިމުކޮށް ހިދުމަތް ދޭން ފަށައިފިއެވެ.
އެ މިނިސްޓްރީން އިއްޔެ ބުނީ، ކޯލް ސެންޓަރެއް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ކޯލް ސެންޓަރުގެ ހިދުމަތް އިއްޔެއިން ފެށިގެން ލިބިގެންދާނެ ކަމަށެވެ. ޓްރާންސްޕޯޓް ހޮޓްލައިންގެ ގޮތުގައި ނަަންބަރެއް ވަނީ ހާއްސަކޮށްފައެވެ. ކޯލް ސެންޓަރަށް ގުޅޭނެ ހޮޓް ލައިން ނަންބަރަކީ 1511 އެވެ.
ކޯލް ސެންޓަރުގެ ހިދުމަތް ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ފެށިގެން މެންދުރު ފަހު 14:00 އަށް ލިބެން ހުންނާނެ ކަމަށް ޓްރާންސްޕޯޓުން ބުނެއެވެ.
މީގެ އިތުރުން، ކޯލް ސެންޓަރު ބަންދު ގަޑިތަކުގައި މައުލޫމާތު ހޯއްދެވުމަށް އީމެއިލް ކުރައްވައިގެން މައުލޫމާތު ސާފު ކުރެވޭނެ ކަމަށްވެސް ޓްރާންސްޕޯޓުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު