ދުނިޔެ

ވޭތުވެދިޔަ 16 އަހަރު ތެރޭ އަފްގާނިސްތާނުގައި 28,500 އަށްވުރެ ގިނަ ކުޑަކުދިން މަރާލާފައިވޭ

ދެހާސް ފަސް ވަނަ އަހަރުން ފެށިގެން މިހާތަނަށް އަފްގާނިސްތާނުގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި 28,500 އަށްވުރެ ގިނަ ކުދިން މަރާލާފައިވާ ކަމަށް ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) އިން ބުނެފިއެވެ.

ޔުނިސެފުން މި ހަފުތާ ތެރޭގައި ނެރެފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ ވޭތުވެދިޔަ 16 އަހަރުގެ ތެރޭގައި އަފްގާނިސްތާނުގައި މަރާލާފައިވާ ކުޑަކުދިންގެ އެ އަދަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރާލާފައިވާ ކަމަށް ކަށަވަރު ކުރެވިފައިވާ ކުޑަކުދިންގެ 27 ޕަސެންޓް ކަމަށެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން, ދާހިލީ ހަނގުރާމަތަކުގެ ސަބަބުން ދެން އެންމެ ގިނަ ކުޑަކުދިން މަރުވެފައި ވަނީ ޔަމަން, ސީރިއާ އަދި އުތުރު އިތިއޯޕިއާގައެވެ.

ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރު ހެންރިއެޓާ ފޯ ވިދާޅުވީ, ހަނގުރާމަތަކުގެ ސަބަބުން ކުޑަކުދިންނަށް އޭގެ އަސަރުކޮށް މަރުވަމުންދާ ކަމަށެވެ. އަދި އެކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރަން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ޔުނިސެފްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން, ވޭތުވެދިޔަ 16 އަހަރުގެ ތެރޭގައި އެފްރިކާ, އޭޝިއާ, މެދު އިރުމަތި އަދި ލެޓިން އެމެރިކާ ހިމެނޭ ގޮތަށް 266,000 އަށްވުރެ ގިނަ ކުޑަކުދިންގެ މަހާނަތަކަށް ގެއްލުން ދީފައިވެއެވެ.

ނަމަވެސް އެ އަދަދުތަކަކީ އދ. އަށާއި ރިޕޯޓިން މެކޭނިޒަމް މެދުވެރިކޮށް އެއް ކުރެވިފައިވާ އަދަދުތަކެއް ކަމަށާއި އަސްލު އަދަދުތައް އަދި އެއަށްވުރެ އިތުރުވެދާނެ ކަމަށް ރިޕޯޓުގައިވެއެވެ.