އއ. އުކުޅަހު ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑު ކުރުމުގެ މަސައްކަތް މިމަހު ނިންމައިލެވޭނެ ކަމަށް ސްޓޭޓް އިލްކެޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯ އިން އިއްޔެ ބުނީ އުކުޅަހުގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ޖުމުލަ 2084 މީޓަރުގެ ކޭބަލް މިހާރު ވަޅުލާފައިވާ ކަމަށެވެ. މި މަސައްކަތް މި މަހުގެ މެދުތެރޭ ނިންމާލެވި، އުކުޅަހު ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯ އިން މީގެ ކުރިން ބުނީ, އުކުޅަހަށް އަންނަ ތަރައްގީގެ އެންމެ މުހިންމު ބައިވެރިޔާގެ ހައިސިއްޔަތުން މުސްތަގުބަލުގައި އެރަށަށް އަންނާނެ ކުރިއެރުމާއި ތަރައްގީއަށް އަދި ދުރު މުސްތަގުބަލަށް ވިސްނައި އުކުޅަހުގައި މިހާރު ފޯރުކޮށްދެމުން އަންނަ 812 ކިލޯވޮޓުގެ އިންޖީނުގެ ގޭގެ ބަދަލުގައި ހަތަރު މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ މުޅިން އާ އިންޖީނުގެއެއް އިމާރާތްކުރުމަށް ނިންމައި, އެތަނުގެ ބިންގާ އަޅާފައިވާ ކަމަށެވެ.
ސްޓެލްކޯ އިން ބުނީ, އެ އިންޖީނުގެ ވެގެންދާނީ ޒަމާނުއްސުރެ އިންޖީނުގެތަކާ މެދު ދެކެމުން އައި ގޮތް ބަދަލުކޮށްލައި ރަށުގެ ރީތި ނަލަ ލޭންޑުމާކަކަށް ވެގެންދާނެ އިންޖީނުގެއަކަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު