އިންސްޓަގްރާމުގައި އެންމެ ގިނަބަޔަކު ފޮލޯކުރާ ބޮލީވުޑް އަންހެން ތަރިއަކީ ޕްރިޔަންކާ ޗޯޕްރާ އެވެ.

ބޮލީވުޑް އަދި ހޮލީވުޑްގައިވެސް ފިޔަ ޖަހަމުން އަންނަ ރީތީގެ ރާނީ ޕްރިޔަންކާ ޗޯޕްރާގެ ފޮލޯވަރުންގެ އަދަދު 72.4 މިލިއަނަށް ވަނީ އަރައިފައެވެ. ޕްރިޔަންކާއާ އެންމެ ގާތުން ވާދަކުރާ ބޮލީވުޑް ތަރިންގެ ތެރޭގައި68.5 މިލިއަން ފޮލޮވަރުންނާއެކު ޝްރަދާ ކަޕޫރު، 63.4 މިލިއަން ފޮލޯވަރުންނާއެކު ދީޕިކާ ޕަދުކޯން، 60.4 މިލިއަން ފޮލޮއަރުންނާ އެކު ކެޓްރީނާ ކެއިފް އަދި 55.9 މިލިއަން ފޮލޯވަރުންނާއެކު އަނުޝްކާ ޝަރްމާ ހިމެނެއެވެ.

ޕްރިޔަންކާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި''ދަ ވައިޓް ޓައިގާ'' ގެ އިތުރުން އެންމެ ފަހުގެ ފިލްމު '' ދަ މެޓްރިކްސް ރިސަރެކްޝަންސް'' ހިމެނެއެވެ. އަދި ކުރިއަށް ހުރި ހޮލީވުޑް ޕްރޮޖެކްޓްތަކުގެ ތެރޭގައި ''ސިޓަޑެލް'' އަދި ''ޓެކްސްޓް ފޮ ޔޫ'' ހިމެނޭއިރު ބޮލީވުޑްގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި އާލިއާ ބަޓް އަދި ކަޓްރިނާ ކެއިފް އާއެކު ''ޖީ ލޭ ޒަރާ'' ކުޅުމަށް ވަނީ ހަމަޖެހިފައެވެ.